March 25, 2026
Advertisement
ރައީސް މުއިއްޒު ގެންދަވަނީ އެކި ފަހަރުމަތިން އިތުރުފުޅު ހައްދަވަމުން
ރައީސް މުއިއްޒު ގެންދަވަނީ އެކި ފަހަރުމަތިން އިތުރުފުޅު ހައްދަވަމުން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ރައްޔިތުންގެ ގިނަ ބަޔަކު ދެކެނީ މުއިއްޒަކީ ދޮގުވެރިއެއްގެ ގޮތުގައި!

Mariyam Isaadha
މަރިޔަމް އިސާދާ
Apr 14, 2024, 12:43 AM
މާލެ ސިޓީ

ރައީސް މުއިއްޒަކީ ދޮގު ވާހަކަ ދައްކަވާ އަދި ދޮގު ފަތުރުއްވަވާ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަން ފަށައިފިއެވެ.

Advertisement

ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ތެރޭގައި އެންމެ ގިނައިން ދެއްކެވި ވާހަކައަކީ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރައްވާނެ ވާހަކައެވެ. އެމަނިކުފާނަށް ވޯޓު ދީގެން ނޫނީ ގައުމުގައި ހަމަ ޖެހުން ގާއިމު ނުކުރެވޭނެ ކަމަށާ އަދި ރައީސް ޔާމީންވެސް މިނިވަން ނުވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ގިނަ ބަޔަކު ހަނދާން އެބަހުއްޓެވެ.

އެގޮތުން އެކްސްގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކަކުން ފެންނަ ގޮތުގައި ގިނަ ރައްޔިތުން ދަނީ މުއިއްޒުއާ މެދު ހިތް ހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އެ ރައްޔިތުން ހާމަކޮށްފައިވާ ގޮތުގައި އެންމެ ބޮޑަށް ހިތްހަމަ ނުޖެހެނީ ފެންނަން ހުރި ކަންކަމުގައި ހަދާ ދޮގުތަކުގެ ސަބަބުންނެވެ.

ރައީސް ޔާމީން މިނިވަންކުރަން އިންތިހާބު ތެރޭގައި މުޅި ޕީޕީއެމް ޕީއެންސީގެ ލިޑާރޝިޕުންވީ ވައުދު ހަނދާން ނެތިފައިވާ ކަމަށާ ރައްޔިތުން ގާތު ރައީސް ޔާމީންގެ ނަންފުޅު ވިއްކައިގެން ވެރިކަމަށް އައި ތިބެ މިހާރު ގެންދަނީ އަނިޔާވެރިކަން އިސްކޮށް ރައީސް ޔާމީނަށް އަނިޔާވެރިވަމުން ކަމަށް ވެސް އެ ރައްޔިތުން ބުނެފައިވެއެވެ.

އިތުރު ވީޑިއޯތައްވެސް ދައުރުވަމުުންދާއިރު އެހެން ވީޑިއޯއެއްގައި ފެންނަ މަންޒަރުގައި މީހަކު ވަނީ މިއީ އެމްޑީޕީގެ ސަރުކާރުގައި އިބޫ ސޯލިހު ދިން އަނިޔާއަށް ވުރެވެސް އަނިޔާވެރިކަން އިސްކުރަމުންދާ ސަރުކާރެއްކަމަށް ބުނެފައެވެ.

އެމީހާ ބުނެފައިވާ ގޮތުގައި ރައީސް މުއިއްޒު ހޮވަން ނުކުމެ ކުރި މަސައްކަތަކީ ރައީސް ޔާމީންގެ ހައްގުގައި ކުރި މަސައްކަތް ކަމަށާ އެހެންނޫން ނަމަ މުއިއްޒު ހޮވުމަށް ޖަނާމާލު ގުރުބާން ނުކުރާނެ ކަމަށް ވެސް އެމީހާ ވަނީ ހާމަކޮށްފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އަދި ވަކިން ޚާއްސަކޮށް ރައްޔިތުންނަށް އޮޅުވާލާ މަކަރު ހެދިކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، ގިނަ ބަޔަކު ވަނީ މި ސަރުކާރު ގެނައުމަށް ވޯޓު ދިނީ ރައީސް ޔާމީންގެ ހައްގުގައި ކަން މީގެ ކުރިންވެސް ފާހަގަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved