March 26, 2026
Advertisement
މަލީހު ޕީއެންއެފް ޖަލްސާގައި
މަލީހު ޕީއެންއެފް ޖަލްސާގައި / ޝަފްރާޒް | ތޭރަ އިމޭޖްސް

ރައީސް ޔާމީން މިނިވަންކުރަން، މަޖިލިސް އިންތިހާބުގައި މުއިއްޒު ނޫން ގޮތެއް ހޯދަން ޖެހޭ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Apr 16, 2024, 02:06 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން، މަޖިލިސް އިންތިހާބުގައި ޑރ މުހައްމަދު މުއިއްޒު ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމީލު ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފުން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވަހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުވަނީ ގާނޫނު އަސާސީއާ އެތައް ފަހަރެއްގެ މަތިން ޚިލާފުވެފައި ކަމަށާ އެހެންކަމުން އެމަނިކުފާނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

މަލީހު ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުން ފަދަ ބޮޑެތި ކަންކަމުގައި ރައްޔިތުންނަށް އިތުރުފުޅު ހައްދަވާ ރައީސް މުއިއްޒުވަނީ އެމަނިކުފާނުގެ ހުވަޔާ ވެސް ޚިލާފުވެފައިކަމަށެވެ. އެހެންކަމުން ރައީސް ޔާމީން މިނިވަން ކުރަން، ރައީސް މުއިއްޒު ނޫން ގޮތެއް މަޖިލިސް އިންތިހާބުގައި ހޯދަން ޖެހޭ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

ރައްޔިތުން ހަވާލުކުރި އަމާނާތަށް ޚިޔާނާތްތެރރިވެއްޖެ. އަބްދުއްރަހީމުގެ މުޅި އާއިލާއާ ޚާންދާނު ގައުމުގެ ވަޒީފާތައް ހިސޯރުކޮށްފި. އަޅުގަޑުމެން ގެނައި ވެރިކަމެއްގެ އަޅުގަޑުމެންގެ ގަޔަށް ޕެޕަރ ސްޕްރޭ ޖަހާ މޭމައްޗަސް ފައިން އަރާ އަނިޔާކޮށްފި. ރައްޔިތުން ވިސްނަން ޖެހޭ މިކަންކަމާ. އަޅުގަޑުމެން ކައިރީ މުއއިްޒުގެ އެއްވެސް ކެންޑިޑޭޓަކަށް ވޯޓުދޭށޭ ބުނެގެން ނުވާނެ. ރައީސް ޔާމީން މިނިވަން ކުރަން މުއިއްޒު ނޫން ގޮތެއްމަޖިލިސް އިންތިހާބުގައި ހޯދަން ޖެހޭ.

މަލީހު

އެ ޖަލްސާގައި މަލީހު ވަނީ ރައްޔިތުންނަށް ނޭނގޭ އެތައް ކަމެއް ތިލަ ކޮށްދެއްވާފައެވެ. އެގޮތުން ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވި ދުވަހުގެ ފަހު ދުވަހު، ހެނދުނު އޭރުގެ ރައީސް އިބްރާހިމު މުހައްމަދު ސޯލިހަށް ގުޅާ ރައީސް ޔާމީން މިިނވަން ނުކުރުމަށް އެދުނުކަން ވަނީ ހާމަކޮށްފައެވެ. އަދި އެކަން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ޔައުމިއްޔާއިން ފެންނަން އޮންނާނެ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން މިނިވަންކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސި ވައުދެއް ނަމަވެސް ވެރިކަމަށް ވަޑައިގަތްފަހުން އެ ވައުދުގެ ބަސްމަގު ބަދަލުކުރައްވާ ރައީސް މުއިއްޒު މިހާރު ގެންދަވަނީ އެކަން ޖުޑިޝިއަރީއާ މަތިކުރަމުން ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved