March 22, 2026
Advertisement
ވައްޑެ ރައްޔިތުންގެ ބާރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ވައްޑެ ރައްޔިތުންގެ ބާރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ސަރުކާރަށް ސުޕަރ މެޖޯރިޓީ ދީގެން ރައްޔިތުންނަށްވާނީ ގެއްލުން: ވައްޑެ

Aishath Naja
އައިޝަތު ނަޖާ
Apr 17, 2024, 04:55 AM
މާލެ ސިޓީ

ސަރުކާރަށް ރައްޔިތުން މަޖިލީހުގެ ސުޕާރ މެޖޯރިޓީ ދީގެން ވާނީ ގެއްލުން ކަމަށް ޕީއެންއެފްގެ ޓިކެޓް ގައި ކުރިޔަށް އޮތް މަޖިލިސް އިންތިޚާބްގައި މަޑަވެލި ދާއިރާއަށް ވާދަކުރައްވާ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Advertisement

ވައްޑެ މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް 13 އިން ގެނެސްދޭ "ރައްޔިތުންގެ ބާރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ސަރުކާރަށް މަޖިލީހުގެ ސުޕާރ މެޖޯރިޓީ ދީގެން ކަންކަން ހައްލުވާނެތޯ އެހުމުން ވައްޑެ ވިދާޅުވީ މީގެ ކުރިންވެސް ސަރުކާރު ހިންގާ މައި ޕާޓީ އަށް މަޖިލީހުގެ މެޖޯރިޓީ ދީގެން ރައްޔިތުންނަށް ލިބުނީ ގެއްލުންކަމަށެވެ.

އެމްޑީޕީ ސަރުކާރެއް އޮވެ، މަޖިލީހުގެ ސުޕާރ މެޖޯރިޓީ އޮއްވާ މަޖިލީހުން މަސައްކަތް ކޮށްފައިވަނީ ރައްޔިތުންގެ ހުރި މައްސަލަތަކަށް ހައްލު ގެނެސްދޭން ނޫންކަމަށް ވައްޑެ ވިދާޅުވިއެވެ.

އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މަޖިލިސް ބޭނުންކުރެއްވީ ބާރެއްގެ ގޮތައް ކަމަށް ވިދާޅުވެ ވައްޑެ ވަނީ ފާޑުވިދާޅުވެފައެވެ.

"އެމްޑީޕީގެ ސުޕާރ މެޖޯރިޓީ ސަރުކާރަށް އޮތް ތަން ފެނުނު، ސުޕާރ މެޖޯރިޓީ ބޭނުން ކުރެއްވީކީ ރައްޔިތުންނަށް މައްސަލަތަކަށް ހައްލު ހޯދައިދޭކަށް ނޫން. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ބާރެއްގެ ގޮތައް ރައިސް އިބްރާހިމް މުހައްމަދު ޞާލިހް މަޖިލިސް ބޭނުން ކުރެއްވިތަން" ވައްޑެ ވިދާޅުވިއެވެ.

ރައްޔިތުން ގެ މަންދޫބަކު މަޖިލީހަށް ފޮނުވަނީ އޭރުގައި އޮންނަ ސަރުކާރެއްގެ ތެރެއިން، ދާއިރާގެ ހުންނަ މައްސަލަތަކާއި ކަންބޮޑުވުންތައް، ދާއިރާގައި ހުރި އިޖްތިމާއީ އަދި އިގްތިޞާދީ މައްސަލަތައް ސަރުކާރަށް މަޖިލިސް ތެރެއިން ވަކާލާތުކޮށް ބަހުސްކޮށް ހައްލުކޮށްދޭން ކަމަށްވެސް ވައްޑެ ވާހަކައިގައި ފާހަގަކުރެެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved