March 9, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި / ތޭރަ އޮންލައިން

ހަމައެކަނި އިހުލާސްތެރިވީ ނައިބު ރައީސް, އާދަމް ޝަރީފް އަދި ތޯރިގު: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Apr 18, 2024, 05:01 PM
މާލެ ސިޓީ

ޖަލުގައި އޮންނެވި މުއްދަތުގައި ޕީއެންސީ/ޕީޕީއެމްގެ ލީޑަޝިޕުން، އިހުލާސްތެރިކަމާއެކު މަސައްކަތް ކުރެއްވީ ހަމައެކަނި މިހާރުގެ ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފާއި ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމިން މިފަދައިން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ޖަލުގައި އޮންނެވި މުއްދަތުގައި އެމަނިކުފާނުގެ ދިފާއުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ހަބަރުތައް ބަރާބަރަށް ލިބިވަޑައިގަންނަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރުގެ ވީޕީ ހުސެން މުހައްމަދު ލަތީފަކީ އަޅުގަނޑު ގަބޫލު ކުރާގޮތުން ވަރަށް އިހުލާސްތެރިކަމާއެކީ އަޅުގަނޑު ސަލާމަތް ކުރަން މަސައްކަތް ކުރެއްވި ބޭފުޅެއް އިނގޭތޯ؟ ހަމަ އެގޮތަށް މަހިބަދޫ ދާއިރާގެ މެންބަރު ޓޮމް (އަހުމަދު ތޯރިގު) އަކީ އަޅުގަނޑު ސަލާމަތް ކުރަން ވަރަށް މަސައްކަތް ކުރި މީހެއް އިނގޭތޯ؟ އަޅުގަނޑު އެޔެއް ޑައުޓެއް ނުކުރަން އިނގޭތޯ؟، ތިންވަނަ ބޭފުޅަކީ ލޯކަލް ގަވަމެންޓު އޮތޯރިޓީ މިނިސްޓަރު އާދަމް ޝަރީފް، ހަމަ ވަރަށް އިހުލާސްތެރިކަމާ އެކީ މަސައްކަތް ކުރެއްވި ތިން ބޭފުޅުން މިއީ، އެހެން ބޭފުޅުންގެ ތެރޭގައި ދެން އެއީ ކޮސްމެޓިކް އިނގޭތޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

އިތުރަށް އެމަނިކުފާނު ވިދާޅުވީ މިއަދު އެބޭފުޅުންގެ ވިސްނުމަށާއި ފިކުރު ބަދަލުވެފައިވިޔަސް ހެޔޮ ހިތުން މަސައްކަތެއް ކޮށްދެއްވި ނަމަ އެ ބައެއްގެ މަސައްކަތް ބަލައިގަންނަން ޖެހޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved