April 14, 2026
Advertisement
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް

ރައީސް މުއިއްޒު މޭޔަރަކަށް ވުމުން އަމާޒު ޖެއްސެވީ އެހެންދިމާލަކަށް: ހުސައިން

Aishath Naja
އައިޝަތު ނަޖާ
Jan 3, 2024, 09:27 PM

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމަށް އޭރު އިންތިޚާބުވެވަޑައިގަތުމުން އަމާޒު ބެހެއްޓެވީ އެހެންދިމާލަކަށް ކަމަށާއި މިއަދު އެކަން ރައްޔިތުންނަށް ސާފުވެއްޖެ ކަމަށް ރައީސް ޔާމީންގެ ތާއިދާއެކު މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement



ހުސައިން މިފަދައިން ވިދާޅުވެފައިވަނީ ސަންގު ޓީވީ މޭޔަރ ބަހުސްގައި، ބަހުސްކުރައްވަމުންނެވެ.

އެގޮތުން ހުސައިން ވިދާޅުވީ މާލޭގެ މަގުތަކުގައި ވަޅުލެވިފައި ހުންނަ ހޮޅިތަކުގެ ސަބަބުންވާ އުނދަގޫތަކާއި މާލޭގެ މަގުތައް ހެދުމަށްޓަކައި ރައީސް މުއިއްޒު އޭރު މޭޔަރު ކަމަށް ކުރިމަތި ލައްވަމުން ހެއްދެވި މެނިފެސްޓޯގައި ހިމެނުއްވިކަމަށެވެ.

ނަމަވެސް ފަހުން އެ މެނިފެސްޓޯގައި ހިމެނުއްވި ކަންކަން ކުރައްވަން ހަނދުމަފުޅު ނެތި މޭޔަރ ކަން ލިބުމުން އެހެން ދިމާލަކަށް މަންޒިލް ބެހެއްޓެވިކަމަށް ވެސް ހުސައިން ވިދާޅުވިއެވެ.



"2021 ވަނަ އަހަރު މެނިފެސްޓޯއެއް އެކުލަވާލި.. އެހެންނަމަވެސް މޭޔަރު ކަމަށް އިންތިޚާބުވެވަޑައިގަތުމަށްފަހު އަމާޒު ބެހެއްޓެވީ އެހެން ކަމަކަށް" ހުސައިން ވަހީދު ވިދާޅުވިއެވެ.

އޭގެއިތުރުން ހުސައިން ވިދާޅުވީ މާލޭގެ މަޖީދީ މަގުގެ އިތުރުން ވަރަށް ބައިވަރު މަގުތަކެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ހަދާފައިވާކަމަށެވެ.

އަދި ހުސައިން މޭޔަރު ކަމަށް ހޮވިއްޖެނަމަ މާލޭ ސިޓީގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ގިނަގުނަ ކަންކަން ކޮށްދެއްވާނެކަމަށްވެސް ބަހުސްކުރައްވަމުން ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved