May 2, 2026
Advertisement
ކުރީގެ ރައީސް، ރައީސް ޔާމިން
ކުރީގެ ރައީސް، ރައީސް ޔާމިން

ރައީސް ޔާމީން ޖަލަށްލީ ނުހައްގުން ކަމަށް ނިންމައި، މައުސޫމުކަން ސާބިތުވެއްޖެ

Azhan Ibrahim
އަޒްހާން އިބްރާހިމް
Apr 18, 2024, 11:41 PM
މާލެ ސިޓީ

ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވާކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށްފި އެވެ.

Advertisement

ވ.އާރަށް ކުއްޔަށް ދިނުމާ ގުޅިގެން ދައުލަތުން އުފުލި މަނީ ލޯންޑަރިންއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ ހުކުމުގެ އިސްތިއުނާފު ހައިކޯޓަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅުއްވައި އެ މައްސަލައިގެ ހުރިހާ އަޑުއެހުމެއް މިހާރުވަނީ ނިންމާލާފަ އެވެ. އަޑުއެހުންތައް ނިންމާފައިވަނީ ފާއިތުވި އަހަރުގެ ޑިސެންބަރުގަ އެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީޢާއި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު މުޙައްމަދު ސަލީމެވެ.

މިއަދު ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އެމަނިކުފާނުގެ ފަރާތްޕުޅުން ޝަރީޢަތުގެ ކުރިން ހުށަހެޅުއްވި ކަންކަން ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމަނިކުފާނަށް އިންސާފު ލިބުމުގެ ހައްގަށް އުނިކަން ލިބިފައިވާ ކަމަށެވެ.

އޭގެ އިތުރަށް ދައުވާ އުފުލާފައިވާ މާއްދާގައި ބަޔާންކުރާ ކުށުގެ ރުކުންތައް ފުރިހަމަވާކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާކަންވެސް ފަނޑިޔާރުން ފާހަގަކުރެއްވި އެވެ. އެގޮތުން ޤާނޫނުގައި ބަޔާންކުރާ ރަސްމީ ހައިސިއްޔަތު ފަދަ މުސްތަލަހަތުތައް އެކަށީގެންވާ ގޮތަށް މާނަކޮށްފައިވާކަމަށްވެސް ނުވާކަމުގައި ހައިކޯޓުން ކަނޑައަޅާފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved