March 10, 2026
Advertisement
ޗީފް އޮފް ޑިފެންސްގެ މަޤާމަށް އިބްރާހީމް ޙިލްމީ އައްޔަނުކުރައްވައިފި
ޗީފް އޮފް ޑިފެންސްގެ މަޤާމަށް އިބްރާހީމް ޙިލްމީ އައްޔަނުކުރައްވައިފި / ރައީސް އޮފިސް

ޗީފް އޮފް ޑިފެންސްގެ މަޤާމަށް އިބްރާހީމް ޙިލްމީ ޢައްޔަނުކުރައްވައިފި

Aminath Zara
އައިމިނަތު ޒާރާ
Apr 19, 2024, 03:41 AM
މާލެ ސިޓީ

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މިހާރު ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު ޢައްޔަންކުރައްވައިފިއެވެ. މި މަޤާމަށް އިބްރާހީމް ޙިލްމީ ޢައްޔަނުކުރައްވާފައިވަނީ، އެ މަގާމު އަދާކުރައްވަމުން ގެންދިޔަ ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އިއްޔެ މަގާމުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެންނެވެ.

Advertisement

ޢަބްދުއްލަޠީފް ރިޓަޔަރ ކުރަން ނިންމަވާފައިވަނީ މި ހިނގާ އޭޕްރީލް މަހުގައި އޭނާގެ އުމުރުން 60 އަހަރު ފުރުމާއި އެކުގައެވެ. ސިފައިންގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާގައި ދެމިހުރެވޭނީ އުމުރުން 60 އަހަރު ވަންދެން ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

 މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސްގެ މަގާމަށް އިބްރާހީމް ޙިލްމީ އައްޔަނުކުރައްވާ، މަގާމުގެ ފަތްކޮޅު ޙަވާލުކުރައްވާފައިވެއެވެ.

މިއާއި އެކުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޤިޔާސް ވެސް މިއަދީ އައްޔަނު ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved