March 25, 2026
Advertisement
ރައީސް ޔާމީން ނޫސްވެރިންނާ ވާހަކަދައްކަވަނީ
ރައީސް ޔާމީން ނޫސްވެރިންނާ ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ހައްގުތަކެއް ގެއްލިގެން ދިޔަ، މި ސަރުކާރުންވެސް ޝަރީއަތައް ނުފޫޒު ފޯރުވި: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Apr 19, 2024, 03:42 AM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ހައި ކޯޓަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލަ ލަސްވުމުން ހައްގުތަކެއް ގެއްލިގެންދިޔަކަމަށާ އަދުގެ ސަރުކާރުންވެސް އެމަނިކުފާނުގެ ޝަރީއަތްތައް ލަސްކުރިކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މައްޗައް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ދިވެހިރާއްޖޭގެ ހައި ކޯޓްގައި ބާތިލް ކުރުމުން، ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނަށް ދެއްވި އިންޓަވިޔުގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނާ ދެކޮޅަށް ހުށަހަޅާފައި ހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ސާބިތުނުވާނެކަން ކުރިން ވެސް އެމަނިކުފާނަށް ޔަގީންވެވަޑައިގަނެފައިވާ ކަމަށެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވަނީ އިސްތިއުނާފުގެ ޝަރީއަތް ލަސްވުމުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ ވަކީލުން ޝަރީއަތަށް ހާޒިރުނުވެގެން ދެތިން ފަހަރު އަޑުއެހުން ކެންސަލްވެފައިވާ ކަމަށާއި ފަނޑީޔާރުން ގިނަ ދުވަސްތަކެއް ޗުއްޓީގައި ހޭދަކުރެއްވިކަމަށެވެ.

އަދި ރައީސް ޔާމީން ވިދާޅުވީ ޝަރީއަތް ލަސްވުމަކީ މި ސަރުކާރުން ވެސް ބޭނުންވި ގޮތް ކަމަށެވެ. އެހެންނޫންނަމަ މައްސަލަ ލަސްވާ ސަބަބު ހޯދާ މައްސަލަ އަވަސްކުރުމަށް އެބޭފުޅުން އުޅުއްވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ސަރުކާރުގެ އިސްފަޑިއަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved