March 9, 2026
Advertisement
ވީއައިއޭއަށް ދިމާވި ކަރަންޓް މައްސަލަ ޙައްލުކޮށް އަލުން ކަރަންޓް ދީފި
ވީއައިއޭއަށް ދިމާވި ކަރަންޓް މައްސަލަ ޙައްލުކޮށް އަލުން ކަރަންޓް ދީފި / ވެލާނާ އެއާޕޯޓް

ވީއައިއޭއަށް ދިމާވި ކަރަންޓް މައްސަލަ ޙައްލުކޮށް އަލުން ކަރަންޓް ދީފި

Aminath Zara
އައިމިނަތު ޒާރާ
Apr 19, 2024, 09:13 PM
މާލެ ސިޓީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި ޖަނެރޭޓަރުތަކަށް މައްސަލަތައް ދިމާވެ މިއަދު ހެނދުނު ވަނީ އެއާޕޯޓުން 8:30 ހާއިރު ކަރަންޓް ކެނޑިފައެވެ.

Advertisement

އެއާޕޯޓުން ކަރަންޓް ކެނޑުމުގެ ސަބަބުން ޚިދުމަތްތަކަށް ވަނީ ބުރޫއަރައިފައެވެ. މިއަދު އެކަނިވެސް 40 އަށްވުރެ ގިނަ ޑޮމެސްޓިކް ފްލައިޓްސް ޝެޑިއެލްކުރެވިފައިވާއިރު ކަރަންޓް ކެނޑުމުގެ ސަބަބުން ވަނީ ބައެއް ދަތުރުތައް ޑިލޭވެގެން ގޮސްފައެވެ. އަދި އެއާޕޯޓުގައި މީހުން ތާށިވެ ވަރަށް ބޮޑަށް ތޮއްޖެހުނު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ކޮމްޕެނީއިން ހާމަކޮށްފައިވާ ގޮތުގައި އެއާޕޯޓަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކޮށް މިހާރު އަލުން ކަރަންޓް ދީފައިވެއެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން އެވަގުތު އެއާޕޯޓްގައި ކަރަންޓް ދެމުން ގޮސްފައިވަނީ ބެކަޕް ޖަނެރޭޓަރު ބޭނުންކޮށްގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved