March 9, 2026
Advertisement
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ކުރިމަތިން ނޫ ކުލައިގެ ކާރެއް އަރިއަޅާލާފައި، ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ކުރިމަތިން ނޫ ކުލައިގެ ކާރެއް އަރިއަޅާލާފައި، ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި / ފޭސްބުކް

ހުޅުވަން ތައްޔާރަށް އޮތް އާ ޓާމިނަލް ކުރިމަތިން ކާރެއް ކަހާލައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jul 6, 2025, 04:57 PM
މާލެ ސިޓީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް އަރިއަޅައިލައިފި އެވެ.

Advertisement

ޖުލައި 26އަށް ހުޅުވަން ތައްޔާރުވަމުން އަންނަ ވީއައިއޭގެ ޒަމާނީ އާ ޓާމިނަލް ކުރިމަތީ އަލަށް ހަދާފައިވާ މަގު ހުންނަނީ ކުރިން ބޭނުން ކުރަމުން ދިޔަ މަގަށް ވުރެ އުސްކޮށެވެ.

ފުލުހުން މިއަދު ބުނީ އާ ޓާމިނަލް ކުރިމަތީ ހަދާފައިވާ އާ މަގުން ރޭ 11:45 އެހާއިރު ދުއްވާފައި ދިޔަ ކާރެއް ކުރިން ބޭނުން ކުރަމުން ދިޔަ މަގަށް ފުރޮޅާލާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގިއިރު ކާރުގައި ހަތަރު މީހަކު ތިބި ކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް، ފުލުހުން ބުންޏެވެ. ކާރު ދުއްވަން އިން މީހާގެ ލައިސަންސް އޮތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. އެ ކާރު މިހާރު ވަނީ އެ ސަރަހައްދުން ނަގައިފަ އެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved