March 10, 2026
Advertisement
ހުޅުލޭ ޕާކިންޒޯން
ހުޅުލޭ ޕާކިންޒޯން / ސީއެންއެމް

ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ވަގުތީ ގޮތުން ޕާކު ކުރުން މަނާކޮށްފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 15, 2025, 10:04 PM
މާލެ ސިޓީ

ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ވަގުތީ ގޮތުން ޕާކު ކުރުން މަނާކޮށްފިއެވެ.މި ބަދަލު ގެނެސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ޖުލައި 26 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގެ ތައްޔާރީތަކާ ގުޅިގެންނެވެ.އެމްއޭސީއެލްއިން ބުނީ ހުޅުލޭގެ އިރުމަތީ ފަރާތު ޕާކިން ޒޯނުގައި 17 ޖުލައި  އިން ފެށިގެން ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަކީ މަނާ ކަމެކެވެ. އަދި ހުޅަނގު ފަރާތު ޕާކިން ޒޯނުގައި ބުރާސްފަތި ދުވަހުގެ 18:00 ގެ ފަހުން އެއްވެސް އެއްގަމު އުޅަނދެއް ޕާކުކުރުން މަނާ ކުރެވޭނެއެވެ.މި ބަދަލާއެކު، ކުރިން މި ޕާކިން ޒޯންތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް އެ ތާރީހުތަކުގެ ކުރިން ނެގުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް އަންގާފައިވެއެވެ.ބުރާސްފަތި ދުވަހަށްފަހު މޯލްޑިވްސް ޕޮލިސް ސާވިސަސްއާ ގުޅިގެން މި ޕާކިން ޒޯންތަކުން އުޅަނދުތައް ހުސްކުރެވޭނެކަމަށާއި ޕާކިން ޒޯނުތަކުގައި އަލުން ޕާކު ކުރެވޭނެ ތާރީހެއް ފަހުން އިއުލާނުކުރާނެކަމަށް އެކުންފުނިންވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved