March 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ރައީސް އޮފިސް

ރައީސް ޔާމީން މިރޭ ފުވައްމުލަކު ސިޓީއަށް!

Aishath Naja
އައިޝަތު ނަޖާ
Apr 19, 2024, 10:37 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ފުވައްމުލަކު ސިޓީއަށް ވަޑައިގަންނާވަކަން ހާމަވެއްޖެއެވެ.

Advertisement

ޗެނަލް 13 އަަށް މައުލޫމާތު ދެމުން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ލރައީސް ޔާމީން ފުވައްމުލަކު ސިޓީ އަށް ވަޑައިގަންނަވަނީ އެމަނިކުފާނު ކުރިން ވެވަޑައިގެންފައިވާ ވައުދު ފުއްދުމުގެ ގޮތުންކަމަށެވެ.

އެގޮތުން އެ ވައުދަކީ އެމަނިކުފާނު މިނިވަންވެއްޖެ ނަމަ އެންމެ ފުރަތަމަ ފުވައްމުލަކު ސިޓީ އަށް ދަތުރުކުރެއްވުމެވެ.

އެގޮތުން ފުވައްމުލަކު ސިޓީ އަށް ވަޑައިގެން އެމަނިކުފާނަށް ތާއިދު ކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވާނެ ކަމަށްވެސް މަލީހް ވަނީ ޗެނަލް 13 އަށް މައުލޫމާތު ދީފައެވެ.

އޭގެއިތުރުން ކުރިޔަށް އޮތް މަޖިލިސް އިންތިޚާބްގައި ޕީއެންއެފްގެ ޓިކެޓްގައި ފުވައްމުލަކު ސިޓީގެ އެކި އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެމަނިކުފާނު ކެމްޕެއިންވެސް ކޮށްދެއްވާނެ ކަމަށް މަލީހް ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީ އަކީ އަބަދުވެސް ރައީސް ޔާމީނަށް ތާއިދު ކުރާ މީހުން ގިނަ ސިޓީ އެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved