

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުވައްމުލަކު ސިޓީ އަށް ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނު ފުވައްމުލަކު ސިޓީ އަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވީ މިއަދުގެ މެންދުރު 3 ގެ ފްލައިޓުންނެވެ.
ނަމަވެސް މައުލޫމާތު ލިބުނު ގޮތުގައި އެމަނިކުފާނު ޗެކިންގ ކުރެއްވި ފަހުން ރައީސް މުއިއްޒު އަންގަވައިގެން އެ ފްލައިޓް ވަނީ ޑިލޭކޮށްފައެވެ.
ޑިލޭވުމަށްފަހު މިހާރު އެމަނިކުފާނު ވަނީ ފުވައްމުލަކު ސިޓީ އަށް ފުރާވަޑައިގެންފައެވެ.
ޗެނަލް 13 އަަށް މައުލޫމާތު ދެމުން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ލރައީސް ޔާމީން ފުވައްމުލަކު ސިޓީ އަށް ވަޑައިގަންނަވަނީ އެމަނިކުފާނު ކުރިން ވެވަޑައިގެންފައިވާ ވައުދު ފުއްދުމުގެ ގޮތުންކަމަށެވެ.
އެގޮތުން އެ ވައުދަކީ އެމަނިކުފާނު މިނިވަންވެއްޖެ ނަމަ އެންމެ ފުރަތަމަ ފުވައްމުލަކު ސިޓީ އަށް ދަތުރުކުރެއްވުމެވެ.
އެގޮތުން ފުވައްމުލަކު ސިޓީ އަށް ވަޑައިގެން އެމަނިކުފާނަށް ތާއިދު ކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވާނެ ކަމަށްވެސް މަލީހް ވަނީ ޗެނަލް 13 އަށް މައުލޫމާތު ދީފައެވެ.
އޭގެއިތުރުން ކުރިޔަށް އޮތް މަޖިލިސް އިންތިޚާބްގައި ޕީއެންއެފްގެ ޓިކެޓްގައި ފުވައްމުލަކު ސިޓީގެ އެކި އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެމަނިކުފާނު ކެމްޕެއިންވެސް ކޮށްދެއްވާނެ ކަމަށް މަލީހް ވިދާޅުވިއެވެ.
ފުވައްމުލަކު ސިޓީ އަކީ އަބަދުވެސް ރައީސް ޔާމީނަށް ތާއިދު ކުރާ މީހުން ގިނަ ސިޓީ އެއްކަން ފާހަގަކޮށްލެވެއެވެ.