March 9, 2026
Advertisement
ރައީސް ޔާމީން ފުވައްމުލަކު ސިޓީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ
ރައީސް ޔާމީން ފުވައްމުލަކު ސިޓީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ / ސޯޝަލް މީޑިއާ

ރައީސް ޔާމީނަށް ފުވައްމުލަކު ސިޓީން ހޫނު މަރުޚަބާއެއް ކިޔައިފި!

Aishath Naja
އައިޝަތު ނަޖާ
Apr 20, 2024, 01:00 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުވައްމުލަކު ސިޓީ އަށް ވަޑައިގަތުމުން، އެ ސިޓީން ހޫނު މަރުޚަބާއެއް ކިޔައިފިއެވެ.

Advertisement

ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން އެއްވެފައި ތިބި އިރު މަންޒަރުތަކުން ދައްކާގޮތުން އެއީ އެ ސިޓީގެ ދެބައިކުޅަ އެއްބައި މީހުންނެވެ.

ފުވައްމުލައް ސިޓީ ގެ ކުދި ބޮޑު އެންމެންނާ އެމަނިކުފާނު ވަނީ ސަލާން ކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނުގެ އިސްތިގްބާލަށް ނިކުމެ ތިބި ފުވައްމުލަކު ސިޓީގެ ރައްޔިތުން ގޮވަމުން ދަނީ "މަރުޚަބާ ތަރައްގީގެ ބާނީ" މިފަދައިންނެވެ.

މިއީ އެމަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިއްޔެ ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލްކުރުމާއެކު ރާއްޖެތެރެޔަށް އެމަނިކުފާނު ކުރެއްވި އެންމެ ފުރަތަމަ ދަތުރުފުޅުކަން ވެސް ފާހަގަކޮށްލެވެއެވެ.

ޗެނަލް 13 އަަށް މައުލޫމާތު ދެމުން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ރައީސް ޔާމީން ފުވައްމުލަކު ސިޓީ އަށް ވަޑައިގަންނަވަނީ އެމަނިކުފާނު ކުރިން ވެވަޑައިގެންފައިވާ ވައުދު ފުއްދުމުގެ ގޮތުންކަމަށެވެ.

އެގޮތުން އެ ވައުދަކީ އެމަނިކުފާނު މިނިވަންވެއްޖެ ނަމަ އެންމެ ފުރަތަމަ ފުވައްމުލަކު ސިޓީ އަށް ދަތުރުކުރެއްވުމެވެ.

އެގޮތުން ފުވައްމުލަކު ސިޓީ އަށް ވަޑައިގެން އެމަނިކުފާނަށް ތާއިދު ކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވާނެ ކަމަށްވެސް މަލީހް ވަނީ ޗެނަލް 13 އަށް މައުލޫމާތު ދީފައެވެ.

އޭގެއިތުރުން ކުރިޔަށް އޮތް މަޖިލިސް އިންތިޚާބްގައި ޕީއެންއެފްގެ ޓިކެޓްގައި ފުވައްމުލަކު ސިޓީގެ އެކި އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެމަނިކުފާނު ކެމްޕެއިންވެސް ކޮށްދެއްވާނެ ކަމަށް މަލީހް ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީ އަކީ އަބަދުވެސް ރައީސް ޔާމީނަށް ތާއިދު ކުރާ މީހުން ގިނަ ސިޓީ އެއްކަން ފާހަގަކޮށްލެވެއެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved