May 11, 2026
Advertisement
އާއިލާ މީހުންނަށްވުރެ ސަރުކާރު ކެންޑިޑޭޓުން އިސްކުރަން ރައީސް އެދެފި
އާއިލާ މީހުންނަށްވުރެ ސަރުކާރު ކެންޑިޑޭޓުން އިސްކުރަން ރައީސް އެދެފި / ސޯޝަލް މީޑިއާ

އާއިލާ މީހުންނަށްވުރެ ސަރުކާރު ކެންޑިޑޭޓުން އިސްކުރަން ރައީސް އެދެފި

Aminath Zara
އައިމިނަތު ޒާރާ
Apr 20, 2024, 01:49 AM
މާލެ ސިޓީ

 ޢާއިލާ ފަރާތްތަކަށްވުރެ ސަރުކާރުގެ ކެންޑިޑޭޓުން އިސްކުރުމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހު އޮންނަ އިންތިޚާބުގައި އާއިލާއަށް ވުރެ ޤައުމު އިސްކޮށް ވޯޓު ދިނުމަށް ފުވައްމުލަކުގައި ބެއްވި ކެމްޕެއިންގ ޖަލްސާގައި މުޢިއްޒު އެދެފިއެވެ.

އެދާއިރާއަށް ސަރުކާރުގެ ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުޢިއްޒު އިތުރަށް ވިދާޅުވީ ސަރުކާރަށް މަޖިލިސް މެޖޯރިޓީ ލިބުން ވަރަށް މުހިއްމު ކަމަށާއި، ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވި ކުރެވޭނީ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެވުމުން ކަމަށެވެ.

މުޢިއްޒު ވަނީ ސަރުކާރާއި ނުވަތަ ސަރުކާރުގެ ސިޔާސަތުތަކާއި ޚިޔާލުތަފާތުވުންތަކާއި ހިތްހަމަނުޖެހުންތައް ހުރި ނަމަވެސް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ގޮވާލައްވާފައެވެ. ކޮންމެ އިންތިޚާބަކާއި ދިމާކޮށް ރާއްޖޭގެ ސިޔާސީ މަސްރަޙް ހަލަބޮލިވެގެންދާއިރު، ޤައުމެއްގެ ވެރިކަމާއި ޙަވާލުވެގެން ހުންނަ ޒިންމާދާރު ވެރިޔާގެ ފަރާތުން މިފަދަ ކަމަކަށް ގޮވާލެއްވުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއްކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ.

ސަރުކާރުގެ މުވައްޒަފުންނަށް ބިރުދައްކާ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސީދާ މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުންފުނި ތަކުން ދަނީ މަސައްކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved