March 26, 2026
Advertisement
ރައީސް ޔާމީން ފުވައްމުލަކު ސިޓީގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ފުވައްމުލަކު ސިޓީގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ރަސްމާލެ ހިއްކުމަށް ހަދާފައިވާ އެގްރީމަންޓް އުވާލަން ރައީސް ޔާމީން ގޮވާލައިފި!

Aishath Naja
އައިޝަތު ނަޖާ
Apr 20, 2024, 03:44 AM
މާލެ ސިޓީ

މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢު "ރަސްމާލެ" ބިން ހިއްކުމަށް ކެޕިޓަލް މެރިން އެންޑް ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައިފިއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ގޮވާލާފައި ވަނީ 11 އަަހަރުގެ ޖަލު ހުކުމް ދިވެހިރާއްޖޭގެ ހައި ކޯޓުން ބާތިލް ކުރުމާއި ގުޅިގެން އެންމެ ފުރަތަމަ ރާއްޖޭގެ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ފުވަމުއްލަކު ސިޓީ އަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރަައްވާ ވާހަކަދައްކަވަމުންނެވެ.

އަޅުގަނޑު އާއެކޭ ނުބުނާނަމޭ، މިހާރު ރަސްމާލެ ހިއްކަން އެ ކުރާ މަސައްކަތަށް އަޅުގަނޑުމެން ނުބުނާނަމޭ އާއެކޭ، އަޅުގަނޑުމެން އަޅުވެތިވާ ގޮތަށް އަޅުގަނޑުމެންގެ ބިންތައް ނުއަގުގަ ވިއްކާލާ ވިއްކާލުމަށް މިއަދުވެސް މި ބުނަނީ ނޫނެކޭ، އެ އެގްރީމެންޓު ބާތިލް ކުރާށޭ

ރައީސް ޔާމީން

ރައްޔިތުންނަށް ފައިދާ ނުވާ އެއްްވެސް ކަމަކަށް އާނއެކޭ ބުނެވެން ނެތް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ފައްޓާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައިއެވެ.

މި މަޝްރޫޢު ފަށާފައި ވަނީ މަޖިލީހުން މި މަޝްރޫއަށް ކަނޑައަޅާފައިވާ ބަޖެޓް އުނިކޮށްފައިވަނިކޮށެވެ.

މި މަޝްރޫޢު ހިންގުމުގައި އެއްވެސް ވަރަކަށް ބަޖެޓް ގެ ދަތިކަމެއް ނުވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިހާރު މި މަޝްރޫޢު އޮތީ ހުއްޓިފައެވެ.

މަޝްރޫޢު ހުއްޓިފައިވަނީ ބަޖެޓް ނެތުމުންކަމަށް ވެސް ސަރުކާރުން މިހާރު އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved