March 25, 2026
Advertisement
ރައީސް ޔާމީން ވާހަކަ ދައްކަވަނީ
ރައީސް ޔާމީން ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ޕީޕީއެމަށް ހިދުމަތްތެރި ޣާލިބަށް ރައީސް ޔާމީންގެ ތާއީދު!

Aishath Naja
އައިޝަތު ނަޖާ
Apr 20, 2024, 05:47 AM

ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައި ކެލާދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަހުމަދު ޣާލިބް އަށް ރައީސް ޔާމީން ތާއީދު ކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީން ޣާލިބް އަށް ތާއިދު ކުރަން ނިންމެވި ވާހަކަ އިއުލާންކޮށްފައިވަނީ ފުވައްމުލަކު ސިޓީ އަށް ވަޑައިގެން އެ ސިޓީގެ އުތުރު ދާއިރާއަށް ޕީއެންއެފްގެ ޓިކެޓްގައި ވާދަކުރައްވާ ޝަރަފްގެ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވުމަށްފަހުއެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެހެން މީހުންނަށް ބޭއިންސާފަކަށް ވިޔަސް އެމަނިކުފާނާ ވަރަށް ގާތުން ހިޔާލު ބަދަލުކޮށް އެމަނިކުފާނުގެ ފައުޖުގައި ޣާލިބް އުޅުއްވާފައިވާތީ ޣާލިބް އަށް ތާއިދު ކުރަން ނިންމައިފިކަމަށެވެ.

ޗެނަލް 13 އަށް މައުލޫމާތު ދެމުން ޣާލިބް ވަނީ ރައީސް ޔާމީން އޭނާއަށް ތާއިދު ކުރާކަން ހާމަކުރީތީ ވަރަށް ބޮޑަށް އުފާކުރާކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް ޝުކުރުވެސް އަދާކުރައްވާފައެވެ.

އޭނާ ވަރަށް އުފާވާނެ ކަންނޭނގެ އަޅުގަނޑު އޭނައަށް ތާއިދު ކުރަމޭ ބުނީމަ. އެއީ ޣާލިބް. ޣާލިބަށް އަޅުގަނޑު އެބަ ތާއިދުކުރަން. އެއީ އޭނަ އަކީ މި ދެންނެވި ފަދަ ހަރުދަނާ ފިކުރުތަކަށް، އަޅުގަނޑުގެ އެޖެންޑާތަކަށް، އަޅުގަނޑުގެ މެނިފެސްޓޯއަށް ބަރާބަރަށް ތާއިދުކުރި މީހެއް.

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ޣާލިބަށް ތައުރީފް ކުރައްވާ ޣާލިބް އަބަދުވެސް އެމަނިކުފާނުގެ އެޖެންޑާތަކަށާއި މެނިފެސްޓޯއަށް ތާއިދުކުރެއްވިކަން ފާހަގަކުރައްވާފައެވެ.

ޣާލިބަށް ތާއިދު ކުރަން ނިންމެވީ އެއީ ގާބިލް ޒުވާނަކަށް ވާތީކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޣާލިބަކީ އެމަނިކުފާނުގެ އާއިލީ ޒުވާނެއް ނޫން ނަމަވެސް އަދުގެ ރައީސް މުއިއްޒުގެ އާއިލީ ޒުވާނެއްކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved