March 18, 2026
Advertisement
މިފްކޯ
މިފްކޯ / ޕީއެސްއެމް

އިންތިހާބާ ދިމާކޮށް މިފްކޯއިން ދިން ގިނަ ޕްރޮމޯޝަން އޭސީސީއިން ހުއްޓުވައިފި

Aishath Naja
އައިޝަތު ނަޖާ
Apr 20, 2024, 07:43 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް މިފްކޯއިން ދީފައިިވާ ޕްރޮމޯޝަން އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފި އެވެ.

Advertisement

އޭސީސީއިން ހުއްޓުވާފައި ވަނީ ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި މަސައްކަތްކުރާ މިފްކޯގެ 100 އަށްވުރެ ގިނަ މުވައްޒަފުންނަށް ދިން ޕްރޮމޯޝަނެވެ.

ޕްރޮމޯޝަން ހުއްޓަން އެ ކޮމިޝަނުން އަންގާފައިވަނީ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އޭސީސީގެ ބަހެއް މިހާތަނަށް ލިބިފައިނުވާއިރު ފެލިވަރުގައި ވަޒީފާ އަދާކުރާ ގިނަ ރައްޔިތުންނަކީ ޅ. ނައިފަރާއި ހިންނަވަރުގެ ރައްޔިތުންނެވެ.

މަޖިލިސް އިންތިހާބާ ގުޅޭ 16 މައްސަލައެއް މިހާތަނަށް އޭސީސީއަށް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved