March 19, 2026
Advertisement
ރައީސް މުއިއްޒު އާންމު ކުރެއްވި ފޮޓޯ
ރައީސް މުއިއްޒު އާންމު ކުރެއްވި ފޮޓޯ / ސޯޝަލް މީޑިއާ

ގައުމީ ދިދަ އިދިކޮޅަށް ޖަހައި ރައީސް މުއިއްޒު ފޮޓޯއެއް އާންމު ކުރައްވައިފި

Azhan Ibrahim
އަޒްހާން އިބްރާހިމް
Apr 21, 2024, 08:51 PM
މާލެ ސިޓީ

ދިވެހި ގައުމީ ދިދަ އިދިފުށަށް ޖައްސަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮޓޯއެއް އާންމު ކުރައްވައިފި އެވެ.

Advertisement

ދިވެހި ސިފައިންގެ އަހަރީ ދުވަހުގެ ތަހުނިޔާ ކިޔުއްވައި ރައީސް މުއިއްޒު ވަނީ ޑްރޯންއެއްގެ ފޮޓޯއެއް މިއަދު އާންމު ކުރައްވައިފަ އެވެ. އެ ފޮޓޯގައި ޑްރޯންގައި ޖަހާފައިވާ ދިދައިގެ ހަނދުފަޅި ވަނީ ފްލިޕް ކުރައްވައިފަ އެވެ. ދިވެހި ދިދައިގައި ހަނދުފަޅި އިންނަނީ ވާތް ފަރާތަށެވެ. އެހެންނަމަވެސް ރައީސް މުއިއްޒު އާންމުކުރެއްވި ފޮޓޯގައި ހަނދުފަޅި ވަނީ ކަނާތް ފަރާތަށް އަނބުރައިފަ އެވެ.

https://twitter.com/MMuizzu/status/1781983431108505894

އެހެންކަމުން ރައީސް މުއިއްޒު އާންމުކުރެއްވި ފޮޓޯގައި އެމަނިކުފާނު ވަނީ ދިވެހި ދިދައަށް ކުޑައިމީސް ކޮށްފަ އެވެ.

ދިވެހި ދިދައަށް އިހުތިރާމް ކުޑަ ވާގޮތަށް ރައީސް މުއިއްޒު ފޮޓޯއެއް އާންމު ކުރެއްވިއިރު އެމަނިކުފާނަކީ ގައުމިއްޔަތުގެ ނަމުގައި އެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވާ ބޭފުޅެކެވެ. މިފަހަރުގެ މަޖިލިސް އިންތިހާބާއި ދިމާކޮށްވެސް އެމަނިކުފާނު ގެންގުޅުއްވާ ޝިއާރަކީ ދިވެހީންގެ ރާއްޖެ އެވެ.

ކޮމެންޓު
ކޮމެންޓްތައު
ސިފައިން
Apr 22, 2024, 11:04 AM
މީގެ އެތައް އަހަރެއް ކުރިންސުރެ ސިފައިންގެ މީހާ ލާފަ ހުންނަ ޔުނީފޯމްގައިންނަ ދިދަ ނުދެކެމު ދޯއެ. މަގުމައްޗަށް ނުކުމެ ބަލާލާށެ
Ibrahim
Apr 22, 2024, 03:17 AM
ދިވެހި ދިދަ ިއިންނާނީ ހަނދުފަލި ގެ އަނގަ ދަނޱިއާ ދުރައް. ވިހުރޭނީއެގޮތައް. އެހެން ކަމުން އެފެންނަ ދިދަ އޭނީ ރަނގަޅައް
ވާނުވާ
Apr 21, 2024, 11:18 PM
ވިހުރޭ ދިދަ އިންނާނީ އެގޮތަށް، ސިފައިންގެ ޔުނީފޯމްގައިވެސް ދިދަ ބޭނުންކުރާނީ ހަމަ އެގޮތަށް
ފަޒި
Apr 21, 2024, 11:11 PM
ބޯޓު ދުވަނީ ކުރިޔަށް، ވީމާ ދިދަ އެހެރީ ރަނގަޅަށް، އަވަހަށްމާފަށް އެދޭ
ޤައުމީ ދިދަ
Apr 21, 2024, 09:19 PM
ދުއްވާފައިދާ ޑްރޯންގެ ފަހަތުގައި ދިދަ ޖަހާފައިވާނަ ދިވެހި ޤައުމުގެ ދިދަ އިންނާނީ އެހެން
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved