March 9, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ވޯޓާ ދިމާކޮށް ހުރިހާ ހިސާބެއްގައި ފައިސާ ބެހި: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Apr 22, 2024, 01:58 AM
މާލެ ސިޓީ

އާދިއްތަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓާ ދިމާކޮށް ހުރިހާ ދިމާލެއްގައި ވެސް ފައިސާ ބަހަމުންދިޔަ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

މަޖިލިސް އިންތިހާބުގައި ވޯޓު ދެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން ކުށަކަށް ހަދާފައިވާ ގާނޫނަކީ ތަންފީޒުނުކުރެވޭ ގާނޫނެއް ކަމަށެވެ.

އެއޮއްދަނީ ލާރި ބަހަމުން އެތައް މިތަނުގަ. އަޅުގަނޑު ނުބުނަން ލާރި ބެހުން ގޯހެކޭ ވެސް. ގާނޫނުގަ ގޯހެކޭ ބުނީމަ ގޯސްވީ. އެކަމަކު ފުލުހުންނަށް ނުވަތަ ދައުލަތަށް ތަންފީޒުނުކުރެވޭ ގާނޫނު ހަދައިގެން ކީއްތޯ މި ކުރަނީ

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނުގެ ތެރޭގައި ފައިސާ ބެހުމުގެ މައްސަލަތައް ފާހަގެފައިވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވިދާޅުވެ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved