March 21, 2026
Advertisement
ޕީއެންއެފް އިފްތިތާހް ކުރުމަށް ބޭއްވުނު ޖަލްސާ
ޕީއެންއެފް އިފްތިތާހް ކުރުމަށް ބޭއްވުނު ޖަލްސާ / ތޭރަ އޮންލައިން

ޕާޓީއާ ގުޅޭ ފަރާތްތައް ވަރަށް ގިނަ: ޕީއެންއެފް

Aishath Naja
އައިޝަތު ނަޖާ
Apr 25, 2024, 06:37 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ސޮއި ކުރަމުންދާ ފަރާތްތައް ގިނަ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

Advertisement

ޗެނަލް 13 އަށް މައުލޫމާތު ދެމުން ޕީއެންއެފްގެ ވަގުތީ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ކޮންމެ ދުވަހަކުވެސް އެކި އެކި ހިސާބުތަކުން ޕީއެންއެފްއާ ގުޅެމުންދާކަމަށެވެ.

ރައީސް ޔާމީން ދެކެ ލޯބިވެވަޑައިގެންނަވާ ފަރާތްތަކާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ފަރާތްތައް އަދިވެސް މުޅި ރާއްޖޭގައި އެބަތިބި ކަމަށް މަލީހް ފާހަގަކުރެއްވިއެވެ.

ޕާޓީ އަށް ސޮއި ކުރަން ބޭނުންވާ ފަރާތްތަކުން ޕާޓީގެ އިސްކޮށް އުޅުއްވާ ފަރާތްތަކަށް ގުޅުއްވައިގެން ނުވަތަ ޕާޓީ އޮފީހަށް ގޮސްގެންވެސް ސޮއި ކުރެވޭނެކަމަށް މަލީހް ވިދާޅުވިއެވެ.

މަލީހް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމަޖައްސާފައި ހުންނަ ފޯކަލް ޕޮއިންޓުން މެދުވެރިކޮށްވެސް ޕާޓީއަށް ސޮއި ކުރެވޭނެކަމަށެވެ.

ޕީއެންއެފް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން އިން ހުއްދަ ދިނުމުން ޖަލްސާ ބާއްވާ ޕާޓީ އިފްތިތާހްކޮށްފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

ޖަލްސާ އަށް ސަރުކާރުން ވަނީ އެކި އެކިގޮތް ގޮތުން ނުފޫޒު ފޯރުވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved