މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންތަކެއް / އެމްއެންޔޫ
ހަބަރު, ސިޔާސީ
މެޑިކަލް ސްކޫލު ބަދަލުކޮށްފިނަމަ 1000 ދަރިވަރުންގެ ކިޔެވުމަށް އަސަރު ކުރާނެ
Azhan Ibrahim
އަޒްހާން އިބްރާހިމް
26 އޭޕްރީލު 2024
މާލެ ސިޓީ

މޯލްޑިވްސް ނެޝަނަލް ޔުނިވާސީޓީ (އެމްއެންޔޫ)ގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލުން، އެ ޔުނިވާސިޓީގެ މައިކެމްޕަހަށް ބަދަލު ކުރުމުން 1،000 އަށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުމަށް އަސަރު ކުރާނެ ކަމަށް އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން ބުނެފި އެވެ.

އެ ޔޫނިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ 200 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ސްކޫލް އޮފް މެޑިސިންގައި ހަތް ބެޗުގެ ދަރިވަރުން ހިމެނޭއިރު، ދަރިވަރުންގެ ފަރާތުން ލިބިފައިވާ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް މިއަދު ޔުނިވާސިޓީގެ މެނޭޖްމަންޓާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ހިމެނޭ ގޮތަށް ބައްދަލުުވުމެއް ބާއްވާފައިވާ ކަމަށެވެ.

ޔުނިވާސިޓީގެ ފަރާތުން ގެންނަން ވިސްނަމުންދާ ވަގުތީ ހައްލުގެ ސަބަބުން ސެންޓްރަލް އެޑްމިނިސްޓްރޭޝަން ގައި ކިޔަވަމުންދާ ފައުންޑޭޝަން ސްޓަޑީޒްގެ ދަރިވަރުންނާއި އަދި އެހެން ފެކަލްޓީތަކުގެ ދަރިވަރުންގެ ކިޔެވުމުގެ އިންތިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރަން ބައްދަލުވުމެއް ހަމަޖައްސައި ދިނުމަށް އެދި އިއްޔެ އެމްއެންޔޫއެސްޔޫގެ ފަރާތުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިޓީއަކުން ދަންނަވާފައި ކަމަށާއި، މަސައްކަތް ކުރަނީ މަޝްވަރާގެ އުސޫލުން މިކަމަށް ހައްލެއް ގެނައުމަށް ކަމަށް ވެސް އެ ޔޫނިއަނުން ބުންޏެވެ.

އޭގެއިތުރުން ޔޫނިއައިންއިން ވަނީ ސްކޫލް އޮފް މެޑިކަލް ސައިންސްގެ ދަރިވަރުންނަށް ހާއްސަކޮށް އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ނިންމޭނެ ގޮތްތަކެއް ހޯދައިދީ، ދާއިމީކޮށް ދަރިވަރުންނަށް އެކަމުގައި އަވަސް ހައްލެއް ބޭނުންވާ ކަމަށް ވެސް ބުންޏެވެ.

ދަރުމަވަންތަ ހޮސްޕިޓަލުން ދަރިވަރުން ނެރެން ސަރުކާރުން ނިންމީ އައިޖީއެމްއެޗްގައި މިހާރު ހުރި ބައެއް ޑިޕާޓްމެންޓުތަކަށް ޖާގަ ބޮޑުކުރުމާއިއެކު، އެންދު އިތުރު ކުުމަށެވެ. އެހެންނަމަވެސް މިގޮތަށް ނިންމީ މެޑިކަލް ދަރިވަރުންނާއިމެދު ނުވިސްނައިކަމަށް ދަރިވަރުން ދެކެ އެވެ. އެމްއެންޔޫއިން ބުނާ ގޮތުގައި ސަރުކާރުން މިގޮތަށް ނިންމީ ރަނގަޅަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved