ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބޭއްވި ރޭގައި އެ ޕާޓީގެ ސެނެޓަރު އަނީސާ ސައީދަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފިއެވެ.
އެ ޕާޓީގެ ބައެއް އިސް ފަރާތްތަކުން ވަނީ ސޯޝަލްމީޑިޔާގައި މިވާހަކަ ދައްކަން ފަށާފައެވެ.
އެގޮތުން ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތް އަދި ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގެންނަވާ އުސްތާޒް އާދަމް އާސިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަރުވާއަށް އެދި އަނިސާ އާދޭސް ކުރިކަމަށެވެ.
އެކަމަކު ފުލުހުން އޭނާ ފަރުވާއަށް ގެންގޮސްފައިވާ ނުވާ ކަމަށާއި ހޮސްޕިޓަލުގައި އައިސީޔޫގައި ހަފްތާއެއްހާ ދުވަހު ބޭއްވުމަށް ފަހު އަނީސާ ދޫކޮށްލާފައިވާއިރު އެ މައްސަލަ މިހާރު އެެންއައިސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ގިޔާސުއްދީން ސްކޫލު ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް ހުރަސްއަޅާ އެސްއޯ ފުލުހުން އެ ޕާޓީގެ މެމްބަރުންްނަށް އަނިޔާކުރުމުން އެކަމާ ގުޅޭ ގޮތުގެ ރިޕޯޓް އެކުލަވާލައި ރައީސަށް އެ ރިޕޯޓް އަރުވާފައިވާއިރު އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.
ނަމަވެސް ފަހުން އެވާހަކަތައް ސަރުކާރުގެ ފަރާތުން ދައްކާފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މައުލޫމާތު ލިބުނުގޮތުގައި އެދުވަހު ފުލުހުން އެގޮތައް އަމަލުކޮށްފައިވަނީ ރައީސް މުއިއްޒުގެ އޯޑަރަށެވެ. ނަމަވެސް ފަހުން ރައީސް މުއިއްޒު މަސައްކަތްކޮށްފައިވަނީ އެ މައްސަލަ ހިންދާލުމަށެވެެ.