ރައީސް ޔާމީން، ޑރ ޖަމީލް އަދި ޝިޔާޒް / ސޯޝަލް މީޑިއާ
ސިޔާސީ
ޝިޔާޒަށްވެސް އިތުރު މަގާމެއް!
Aishath Naja
އައިޝަތު ނަޖާ
29 އޭޕްރީލު 2024
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒު އިކޮނޮމިކްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަނުކޮށްފިއެވެ.

ޗެނަލް 13 އަށް މިކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމްގައި ޝިޔާޒް ވަނީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން މަސައްްކަތްކުރައްވާފައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ޝިޔާޒް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާ ކުރައްވާފައެވެ.

ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ނުކުރައްވާނެކަަމަށް ތަކުރާރުކޮށް ސަރުކާރުން ބުނަމުން އައި ނަމަވެސް އަދިވެސް ސަރުކާރުން ގެންދަވަނީ ސިޔާސީ މަގާމްތަކަށް މީހުން އައްޔަންކުރައްވަމުންނެވެ.

އެހެން ސަރުކާރުތަކަށް ވުރެ މި ސަރުކާރުގެ ސިޔާސީ މަގާމްތަަކަށް ގިނަ ކަމަށް މީހުން ގަބޫލުކުރެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved