March 10, 2026
Advertisement
ރާއްޖެ ޓީވީގައި ހުޅު ޖަހާފައި
ރާއްޖެ ޓީވީގައި ހުޅު ޖަހާފައި / ރާއްޖެއެމްވީ

އަނެއްކާވެސް ޓީވީ ސްޓޭޝަންތަކަށް އިންޒާރު ދޭން ފަށައިފި

Azhan Ibrahim
އަޒްހާން އިބްރާހިމް
Apr 29, 2024, 09:41 PM
މާލެ ސިޓީ

ސަރުކާރާއި ދެކޮޅު ހަބަރުތައް ގެނަސްދޭ ޓީވީ ސްޓޭޝަނެއްގައި ހުޅު ޖަހާނެކަމަށް ބުނެ އަނެއްކާވެސް އިންޒާރު ދޭން ފަށައިފި އެވެ.

Advertisement

ސޯޝަލް މީޑިއާގައި މިއަދު އިންޒާރު ދީފައިވަނީ މީގެ ކުރިންވެސް ހުޅުޖަހައި ރޯކޮށްލި ރާއްޖެ ޓީވީގެ ނޫސްވެރިޔަކަށެވެ. އެނޫސްވެރިޔާގެ އިންސްޓަގްރާމް ޕޯސްޓަކަށް ކުރި ކޮމެންޓެއްގައި މީހަކު ބުނެފައިވަނީ އޭނާ މަސައްކަތް ކުރާ ޓީވީ ސްޓޭޝަންގެ ދުވަސް ދުއްވައިލާނެ ކަމަށާއި މިފަހަރު ހޭ އަރުވައިލާނެ ކަމަށެވެ. އަދި މިއީ "އަހަރުމެންގެ ވެރިކަން" ކަމަށްވެސް އޭގައި ބުނެފައިވެ އެވެ.

މީޑިއާތަކަށް މިފަދަ އިންޒާރުތައް ދިނުމަކީ ސީރިއަސް މައްސަލައެކެވެ. އެހެންނަމަވެސް ފުލުހުން ބުނެފައިވަނީ މިފަދަ ކަމެއްގެ ރިޕޯޓު ލިބިފައި ނުވާކަމަށެވެ.

ޓީވީ ސްޓޭޝަނެއްގައި ހުޅު ޖަހާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިންއިރު ޗެނަލް13 އަށްވެސް ދަނީ އެކި ގޮތްގޮތުން އިންޒާރު ލިބެމުންނެވެ. އެގޮތުން ސަރުކާރާއި ދެކޮޅު ހަބަރުތައް ގެނަސްދޭނަމަ ހޭ އަރުވައިލާނެ ކަމަށާއި ސްޓޭޝަން ބަންދު ކުރަން މަޖުބޫރު ކުރާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ކޮމެންޓު ކުރަމުންނެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވަނީ ގެއްލުން ދޭނެކަމަށްބުނެ ކާކުކަން ނޭނގޭ އައިޑީތަކުން މިފަދަ ކޮމެންޓު ކުރިޔަސް މައްސަލަ ހުށަހެޅުމުން ތަހުގީގުކޮށް އެއީ ކާކުކަން ހޯދާނެކަމަށެވެ. އަދި ގާނޫނުގެ ތެރެއިން އެމީހެއްގެ މައްޗަށް ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން މީގެ ކުރިން ބުންޏެވެ.

ކޮމެންޓު
ކޮމެންޓްތައު
Abida
Apr 30, 2024, 02:13 AM
Fuluhunah nukereyne
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved