ތުރުކީގެ އަސްކަރީ އުޅަނދު / އެމްއެންޑީއެފް
ސިޔާސީ
ތުރުކީގެ ކަނޑުގެ އަސްކަރިއްޔާގެ އުޅަނދެއް ރާއްޖެ އަތުވެއްޖެ
Aishath Naja
އައިޝަތު ނަޖާ
30 އޭޕްރީލު 2024
މާލެ ސިޓީ

ތުރުކީގެ ކަނޑުގެ އަސްކަރިއްޔާގެ އުޅަނދެއް ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް ގުޑްވިލް ދަތުރެއްގައި ތުރުކީގެ ނޭވަލް ޝިޕް ޓީ.ސީ.ޖީ ކިނަލިއަޑާއަށް ރާއްްޖެއިން ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ.

ޓީސީޖީ ކިނަލިއަޑާ އަކީ ތުރުކީގެ ނޭވީގެ އެޑާ ކްލާސް އޭއެސްޑަބްލިއު ކޯވެޓްސްގެ ހަތަރު ވަނަ އުޅަނދުކަން ފާހަގަކޮށްލެވެއެވެ.

މި އުޅަނދު މިހާރު އޮތީ މާލެ ސަރަހައްދުގައި ބަނދަރު ކޮށްފައެވެ.

ބޭރުގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި އެ އުޅަނދު ތުރުކީން ފުރާފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހެވެ. އެ އުޅަނދު ޖަޕާނާއި ކައިރި ބައެއް ގައުމުތަކަށް ދަތުރު ކުރާނެކަމަށް ވެސް ބޭރުގެ ރިޕޯޓް ތަކުން ބުނެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved