February 22, 2026
Advertisement
މާޗް މަހުގެ ރަސްމީ ރިޒާވް ދަށަށް: އެމް.އެމް.އޭ
މާޗް މަހުގެ ރަސްމީ ރިޒާވް ދަށަށް: އެމް.އެމް.އޭ / ސޯޝަލް މީޑިއާ

މާޗް މަހުގެ ރަސްމީ ރިޒާވް ދަށަށް: އެމް.އެމް.އޭ

Aminath Zara
އައިމިނަތު ޒާރާ
May 1, 2024, 06:41 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރުގެ މާޗް މަހު ދަށަށް ގޮސްފިއެވެ.

Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މާޗް މަސް ނިމުނު އިރުގައި ރަސްމީ ރިޒާވްގެ ގޮތުގައި ހުރީ 541.8 މިލިއަން ޑޮލަރެވެ.

މިއީ މިދިޔަ އަހަރުގެ މާޗް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި 764.6 މިލިއަން ޑޮލަރާއި އަޅާބަލާއިރު 222.8 މިލިއަން ޑޮލަރު މަދު އަދަދެކެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު ރަސްމީ ރިޒާވްގައި ހުރި 588.8 މިލިއަން ޑޮލަރާ އަޅާބަލާއިރު 47 މިލިއަން ޑޮލަރު މަދުވުމެކެވެ.

ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވްވެސް ވަނީ މާޗް މަހު ދަށަށް ގޮސްފަ އެވެ.

ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން މާޗް މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 113.7 މިލިއަން ޑޮލަރެވެ.

ރަސްމީ ރިޒާވްގައި މިއަހަރުގެ ފެބްރުއަރީ މަހު 128.8 މިލިއަން ޑޮލަރު ހުއްޓެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved