March 10, 2026
Advertisement
ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި ކުރި އިހުތިޖާޖެއްގެ ތެރެއިން
ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި ކުރި އިހުތިޖާޖެއްގެ ތެރެއިން / އަވަސް

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ 6 ދަރަޖަ ފަހަތަށް

Azhan Ibrahim
އަޒްހާން އިބްރާހިމް
May 3, 2024, 06:14 PM
މާލެ ސިޓީ

ދުނިޔޭގެ ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކޮށް، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އާންމު ކުރާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި މި އަހަރު ރާއްޖެ ހަ ދަރަޖަ ފަހަތަށް ސޮއްސާލައިފި އެވެ.

Advertisement

ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގެ އެންމެ ފަހުގެ ތަފްސީލުތައް މިއަދު އާންމު ކުރިއިރު ރާއްޖެ ރޭންކް ކޮށްފައި އޮތީ 106 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 100 ވަނައިފަ އެވެ. އެހެންކަމުން މިހާރު ރާއްޖެއަކީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމެއްގެ ގޮތުގައި އެ އިންޑެކްސްގައި ވަނީ ފާހަގަކޮށްފަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ފަހަތަށް ޖެއްސުމުގައި ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބެލި ސަބަބުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ސަބަބަކީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރުތައް ކޯޓުން އަމުރުކޮށްފި ނަމަ ހާމަކުރަން ލާޒިމުވާ ގޮތަށް މިދިޔަ އަހަރު ފާސްކޮށް ތަސްދީގުުކުރި ހެއްކާ ބެހޭ ގާނޫނެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ ހައްގަކަށް އެ ބިލުން ވަނީ ހުރަސް އެޅިފަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖޭގެ ރޭންކް ދަށްވި އިރު އަވައްޓެރި ގައުމުތަކުގެ ރޭންކިންގްވެސް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން އިންޑިއާ އޮތީ 159 ވަނައިފަ އެވެ. ޕާކިސްތާނު އޮތީ 152 ވަނައިގަ އެވެ. އަދި ސްރީލަންކާ އޮތީ 150 ވަނައިގަ އެވެ. މިގައުމުތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތު ވަރަށް ގޯސް ގައުމުތަކުގެ ގޮތުގައި އިންޑެކްސްގައި ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved