February 22, 2026
Advertisement
މަސް ފެކްޓަރީގައި މަސް ކިރުމުގެ މަސައްކަތްކުރަނީ
މަސް ފެކްޓަރީގައި މަސް ކިރުމުގެ މަސައްކަތްކުރަނީ / އަވަސް.އެމްވީ

ރާއްޖޭގެ މަހުގެ އެކްސްޕޯޓު ދަށަށް ހިނގައްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
May 4, 2024, 06:22 PM
މާލެ ސިޓީ

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު ދަށަށް ހިނގައްޖެއެވެ.

Advertisement

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މަސް އެކްސްޕޯޓުކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 48 ޕަސަންޓް ވަނީ ދަށަށް ގޮސްފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 27،698 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ.

ރާއްޖެއިން މި އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 14،389 މެޓްރިކް ޓަނުގެ މަހެވެ.

މި އަހަރު މަހުން މަހަށް ކޮށްފައިވާ މަހުގެ އެކްސްޕޯޓުގެ ތަފްސީލަށް ބަލާއިރު:

  • ޖެނުއަރީ - 4،482 މެޓްރިކް ޓަނު
  • ފެބްރުއަރީ - 6،119 މެޓްރިކް ޓަނު
  • މާޗް - 3،787 މެޓްރިކް ޓަނު

ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ.

އެ ގޮތުން 9،070 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް އެކްސްޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން 2،954 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވާއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 1،904 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved