March 20, 2026
Advertisement
އިސްރަށްވެހިންނަށް ހާއްސަކޮށް ކްލިނިކެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު
އިސްރަށްވެހިންނަށް ހާއްސަކޮށް ކްލިނިކެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު / ހެލްތު މިނިސްޓްރީ

އިސްރަށްވެހިންނަށް ހާއްސަ ކްލިނިކެއް ހުޅުވައިފި

Faina Faiz
ފައިނާ ފާއިޒް
Jan 17, 2024, 03:07 AM
މާލެ ސިޓީ

އިސްރަށްވެހިންނަށް ހާއްސަ ކްލިނިކެއް ހުޅުވައި ހޮސްޕިޓަލަށް ނުގޮސް، ގޭގައި މެމޯ ހެއްދުމުގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

Advertisement

އިސްރަށްވެހިންނަށް މި ހިދުމަތް ތައާރަފް ކުރުމަށް އަންގާރަދުވަހު ބޭއްވުނު ރަސްމިއްޔާތުގައު ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މި ހިދުމަތް ދިވެހިރާއްޖޭގައި ތައާރަފްވުމަކީ އިސްރަށްވެހިން ޒަމާނުށްސުރެ ކުރަމުން އައި އުންމީދުތައްް ހަގީގަތަކަށް ވެގެންދިޔުން ކަމަށެވެ.

އިސްރަށްވެހިންގެ ފުރަތަމަ ކްލިނިކު ހުޅުވާފައިވަނީ އައިޖީއެމްއެޗްގައިއެވެ. ނަމަވެސް ކުރިއަށް އޮތްތާ މީގެ އެހެނިހެން ކްލިނިކުތަށް އެކި ސަރަަހައްދުތަކުގައި ގާއިމު ކުރެވޭނެކަމަށް ހެލްތުމިނިސްޓަރު ވިދާޅުވިއެވެ.

މި ހިދުމަތުގެ ސަބަބުން އިސްރަށްވެހިންނަށް ދުޅަހެޔޮ ސިއްހަތެއް ދަމަހައްޓާ އެމީހުންނަށް ބޭނުންވާ ހާއްސަ ފަރުވާ ފޯރުކޮށްދިނުމަށްވެސް ފަސޭހަވެގެން ދާނެކަމަށް ހެލްތު މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިފަދަ އެކި ކްލިނިކުތައް އެންމެ ފަސޭހައިން ގާއިމު ކުރެވޭނީ ރާއްޖޭގެ ކޮން ހިސާބުތަކެއްގައިތޯ ބަލަމުން އަންނަކަމަށްވެސް ވަޒީރު ހަލީލު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ހެލްތު މިނިސްޓްރީގެ ބައެއް ބޭފުޅުން އިސް ނަންގަވައިގެން މިހާރު ވެސް ދަނީ އަވައްޓެރި ބައެއް ގައުމުތަކާއި މިކަމާގުޅޭގޮތުން މަޝްވަރާކުރަމުން ކަމަށާއި، އެ ގައުމުތަކުގައި ހުރި ތައުލީމު ދޭ އެކި އިންސްޓިޓިއުޝަންތަކާ ވާހަކަ ދައްކައިގެން ދުވަސްވީ ބޭފުޅުންނަށް ހިދުމަތް ދިނުމަށް އެކަމަށް ހާއްސަ އިންސްޓިއުޝަންތަކުން ތައުލީމު އުނގެނޭނެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި މިދާއިރާއިންނާއި ސިއްހީ އެހެނިހެން ދާއިރާތަކުންވެސް ތައުލީމު ހާސިލް ކުރަން ބޭނުންވާ ރައްޔިތުންނަށް އެފުރުސަތު ގާއިމުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved