February 28, 2026
Advertisement
އޭސީސީގެ މެމްބަރުން ބައްދަލުވުމެއްގައި
އޭސީސީގެ މެމްބަރުން ބައްދަލުވުމެއްގައި / އޭސީސީ

ފްލެޓް މައްސަލައިގެ ތަހުގީގުގެ ވަރަށް ބޮޑު އިންސައްތައެއް ނިމިއްޖެ: އޭސީސީ

Aishath Naja
އައިޝަތު ނަޖާ
Jan 17, 2024, 02:58 AM
މާލެ ސިޓީ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން "ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ މައްސަލައިގެ ތަހުގީގުގެ ބޮޑުބައި ނިމިފައިވާ ކަަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

Advertisement

ޗެނަލް 13 އަށް މައުލޫމާތު ދެމުން އޭސީސީގެ މީޑިޔާ އޮފިޝަލް ނިޝާން އަހްމަދު ދީދީ ވިދާޅުވީ މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށެވެ.

މި ތަހުގީގު އެއްކޮށް ނިމޭނެ ދުވަހެއް އަދި ހާމަކުރަން ދަތި ނަމަވެސް ވީ އެންމެ އަވަހަކަށް ހާމަކުރައްވާނެކަމަށްވެސް ނިޝާން ވަނީ މައުލޫމާތުދީފައެވެ.

ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެފައިވަނީ ފްލެޓުގެ ލިޔުން ހަވާލުކުރާނީ އޭސީސީގެ ތަހުގީގު ނިމުމުން ކަމަށެވެ.

މީގެކުރިން އޭސީސީން ބުނަމުން ދިޔައީ ތަހުޤީގު ދިގުލައިގެންދަނީ ގެދޮރުވެރިޔާ ޕޯޓަލްއަށް އެކްސެސް ނުލިބޭތީ ކަމަށެވެ.

އެ އެކްސެސް ލިބިގެން އެ މަސައްކަތް އޭސީސީން މިހާރު ކުރަމުންދާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަކޮށްލެވެއެވެ. ތަހުގީގުގެ މި މަސައްކަތުގެ ތެރެއިން މިކަމާއި ގުޅުންހުރި ފަރާތްތައް ހާޒިރުކޮށްގެން ބަޔާން ނެގުމުގެ ކަންކަންވެސް ކުރިއަށް ގެންގޮސްފައިވާކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިބި އިރު އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް ލިބޭ މީހުންނެވެ.

މި މައްސަލަ ނުނިމި ލަސްވަމުންދާތީ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް އަވަސް މުއްދަތެއްގައި ތަހްގީގް ނިންމުމަށް ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved