May 27, 2026
Advertisement
މާލެ ސިޓީ މަގުމައްޗަށް ކުނިއަޅާ މީހުން ޖޫރިމަނާ ކުރަނީ: ސިޓީ ކައުންސިލް
މާލެ ސިޓީ މަގުމައްޗަށް ކުނިއަޅާ މީހުން ޖޫރިމަނާ ކުރަނީ: ސިޓީ ކައުންސިލް / ސޯޝަލް މީޑިއާ

މާލެ ސިޓީ މަގުމައްޗަށް ކުނިއަޅާ މީހުން ޖޫރިމަނާ ކުރަނީ: ސިޓީ ކައުންސިލް

Aminath Zara
އައިމިނަތު ޒާރާ
May 7, 2024, 08:30 PM
މާލެ ސިޓީ

މާލެ މަގުމަތީގައި ނުގަވާއިދުން ކުނި އެޅުމުގެ މައްސަލާގައި މިހާތަނަށް 180 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ.

Advertisement

މާލެ މަގުމަތީގައި ނުގަވާއިދުން ކުނި އެޅުމުގެ މައްސަލާގައި މިހާތަނަށް 180 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ.

ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މަގަށް ކުނިއަޅާ މީހުން ޖޫރިމަނާކުރަނީ 500 ރުފިޔާއިން ކަމަށާއި ތަކުރާރުކޮށް އެކަން ކުރުމުން އެ އަދަދު އިތުރަށް ދައްކަން ގާނޫނުގައި ނީންނަ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނުގަވާއިދުން މާލޭގެ މަގުތަކުގައި ކުނި ބަހައްޓާ މައްސަލައިގައި، މިދިޔަ ހުކުރު ދުވަހު ވަނީ ބިދޭސީއަކު ޑީޕޯޓުކޮށްލަން ވެސް ނިންމައިފައެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މާލޭގައި އާންމުކޮށް ކުނި އަޅާފައި ހުންނަކަން ފާހަގަކުރެވޭ ތަންތަން ވެސް އާންމުކޮށްފައެވެ.

އަދި، އެގޮތަށް މަގުތަކުގައި ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ މާލެ ސިޓީ ކައުންސިލުގެ ވައިބާ އަދި ވަޓްސްއެޕް ނަންބަރު ކަމަށްވާ 9341144 އަށް ނުވަތަ ކައުންސިލްގެ ވެބްސައިޓު މެދުވެރިކޮށް ފޮނުވަން އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

އެ ކައުންސިލުން ވަނީ މަގުމައްޗަށް ކުނި ނޭޅުމަށާއި، ދިރިއުޅޭ ގެދޮރާއި ތިމާވެށި ސާފުކޮށް ބޭއްވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved