ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް މަޝްހޫރު ގައުމު ތަކުގެ ލިސްޓްގައި އަބަދުވެސް އެއްވަނައިގައި އޮންނަ ގައުމެކެވެ. ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިނާއަތެވެ. ފަތުރުވެރިން ދިވެހިރާއްޖެ އަންނަ ބައިވަރު ސަބަބުތަކެއްވެއެވެ. އެގޮތުން އިއްޔެ މިވަނީ ރާއްޖެއަށް އެންމެ މަގުބޫލު މަންޒިލްގެ ޝަރަފާއެކު، ސަރަހައްދީ ގިނަ އެވޯޑްތަކެއް ލިބިފައެވެ.
އެގޮތުން މި އެވޯޑްތައް ލިބިގެންދިޔަ އިރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ބޭރުގެ ބައެއް މީޑިޔާ ތަކަށް ދެއްވާފައިހުރި އިންޓަވިޔުތައް ފެނުމުން އަނެއްކާވެސް ހިތައް އެރީ ސަހަރޯއެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އެމަނިކުފާނުގެ ސަބަބުން ރާއްޖެ އޮތީ ލަދެއްގައި ބެދިފައެވެ. އެގޮތައް ސޯޝަލް މީިޑިޔާގައި އެމަނިކުފާނުގެ ސަބަބުން ލަދުން ރާއްޖޭގެ ގިނަ ފަރާތްތަކުން އުޅޭ ކަން ސަރުކާރަށް ވެސް އެނގެއެވެ.
އެހެންނަމަވެސް ސަރުކާރުގެ އިސް ފަޑީގައި ތިއްބަވާ ފަރާތްތަކުން މިކަން ދެނަހުރިކަމަކަށްވެސް ހަދާނުލައެވެ. ރައީސް މުއިއްޒު މިއަދު މޮޔަފުޅު ހިތައް އަރުއްވާނެކަން ޔަގީނެވެ. އެމަނިކުފާނު ވިދާޅުވީ ގާބިލް އިލްމީ ބޭފުޅުން ގެ ލިސްޓްގައި އެމަނިކުފާނުގެ ހާއްސަ މުޝީރު އަދުރޭގެ ދަރިކަލުން ފައިސަލް ނުހިމެނިވަޑައިގަންނަވައެވެ. އަދުރޭގެ އާދޭހާއެކު ފައިސަލް ފަތުރުވެރިކަމާ ބެހޭ ވަޒީރަށް އައްޔަންކުރެއްވި އިރު ރައީސް މުއިއްޒުގެ ފޮނި އުންމީދުތަކެއް ވާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެން ނަމަވެސް ފައިސަލް ގެ އިންޓަވިޔުތައް އަޑު އައްސަވާފައި ރައީސް މުއިއްްޒަށް މިއަދު ވިސްނޭނެއެވެ. އަދުރޭއަށްޓަކައި ކުރެވުނު ކަމެއްްގެ ފުރިހަމަ ޒިންމާ ނަންގަވަން މި ޖެހިވަޑައިގަންނަވަނީ އެމަނިކުފާނެވެ.
އިންޑިޔާ އާއެކު ފަތުރުވެރިކަން ދާނީ ކުރިޔަށްކަމަށް ވިދާޅުވެ އިންޑިޔާގެ މީޑިޔާއަކަށް ފައިސަލް ދެއްވި އިންޓަވިޔު އަޑުއަހާފައި ސަރުކާރުގެ އިސް ފަޑީގައި ތިއްބަވާ ފަރާތްތަކުން އެމަނިކުފާނަށް މަލާމަތް ރައްދު ކުރައްވާނެއެވެ. އެހެންނަމަވެސް އަދުރޭގެ ނުފޫޒު ވެރިކަމުގައި އޮތުމާއެކު އަދުރޭ ބޭނުމިއްޔާ އެބޭފުޅުން މަގާމްތަކުން ދުރުކުރައްވާފާނެކަމުގެ ބިރަށް އެކްސްގައި ފައިސަލްގެ އިންޓަވިޔު ޝެއާރ ކޮށް ގުޑް ޖޮބް ވެރީ ޕްރައުޑް އޮފް ޔޫ ފަދަ ބަސްތަކުން ދަނީ ސަނާ ކިޔަމުންނެވެ.
އަދުރޭ ޕޯޑިއަމްތަކުގައި ހުންނަވާ ވާހަކަދައްކަވަމުން ތިމަންނާގެ ދަރި ގާބިލް ވާނެއޭ ވިދާޅުވާއިރު، އަދުރޭއެވެ ގާބިލް މިންވަރު މުޅި ރާއްޖެއަށް ފެނެއެވެ، ރާއްޖެ ނޫނަސް ބޭރުގެ ފަރާތްތަކަށްވެސް އެބަ ފެނެއެވެ. ގާބިލް ކަމުން ފައިސަލަށް އަމާޒުވަނީ އައްސަރިބަހާ ސާބަހުގެ ބަދަލުގައި މަލާމާތާ ފުރައްސާރައެވެ.
ގިނަ ފަރާތްތަކުން ކިޔާތީ އަޑުއިވުނެވެ.ފައިސަލް އެ މަގާމަށް އައްޔަން ކުރެއްވުމާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އައީ ބަނަދުވަސްތަކެކެވެ. އަދި ފައިސަލް އެ މަގާމްގައި ހުރިހާ ދުވަހަކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް އޮތީ ކަޅު ބަނަ ދުވަސްތަކެކެވެ.