May 2, 2026
Advertisement
ޕާކުކޮށްފައި ހުރި ސައިކަލްތަކެއް
ޕާކުކޮށްފައި ހުރި ސައިކަލްތަކެއް / ޕީއެސްއެމް

ފެނަކައަށް 19 ވެހިކަލެއް ހޯދުމަށް އިއުލާންކޮށްފި

Aishath Naja
އައިޝަތު ނަޖާ
May 8, 2024, 04:46 PM
މާލެ ސިޓީ

ފެނަކައަށް ގިނަ އަދަދެއްގެ ވެހިކަލްތަކެއް ހޯދަން އިއުލާންކޮށްފިއެވެ.

Advertisement

ފެނަކައިން ކުރި އިއުލާންތަކުގައި އެ ކުންފުނީގެ ބޭނުންމަށް ޕިކަޕާއި ބައުޒަރާއި ވޯޓާރ ސަކްޝަން އެންޑް ޖެޓިން ޓްރަކުތައް ހިމެނޭހެން 19 ވެހިިކަލެއް ސަޕްލައިކުރަން ވަނީ ހުޅުވާލާފައިއެވެ.

ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އޭގެތެރޭގައި މިހާރު ކުއްޔަށް ނަގައިގެން ބޭނުންކުރާ ބައެއް ވެހިކަލްތަކުގެ ބަދަލުގައި އަމިއްލަ ވެހިކަލް ބޭނުންކުރަން ފެށުމާއި ހަލާކުވެފައި ހުރި ބައެއް ވެހިކަލްތައް އައު ކުރުމުގެ ބޭނުމުގައި ވެހިކަލް ހޯދުމަށް އެ ކުންފުނިން އިއުލާން ކުރި ކަމަށެވެ.

ފެނަކައިގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ސަޕްލައި ދޯންޏަކާއި ލޭންޑިން ކްރާފްޓެއް ވެސް ހޯދަން އެ ކުންފުނިން ވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved