March 18, 2026
Advertisement
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް

ހަލީލް ގެންދަވަނީ ރައީސް އޮފީސް ތެރެއިން ސަން އޮންލައިން ހިންގަވަމުން، ހައިރާނެއް ނުވޭ: މަލީހް

Aishath Naja
އައިޝަތު ނަޖާ
May 9, 2024, 09:34 PM
މާލެ ސިޓީ

ރައީސް އޮފީހުގެ ކޮމިޔުނިކޭޝަންސް މިނިސްޓާރ އިބްރާހިމް ހަލީލް ގެންދަވަނީ ރައީސް އޮފީސް ތެރެއިން ސަން އޮންލައިން އަދި ސަން ޓީވީ ހިންގަވަމުން ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅު ބޭނުންކުރައްވައިގެން ހެޑްލައިން ޖައްސަވަމުން ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައިވަނީ ސަން އޮންލައިން އިން "ރައިސް ޔާމީން ސިޔާސީ މައިދާނުން ފިލައިފިކަމަށް" ބުނެ ޖަހާފައިވާ ޚަބަރު ހިއްސާކުރެއްވުމަށްފަހުއެވެ.

އެގޮތުން އެގޮތައް ސުރުހީ އިނުމުން ހައިރާންނުވާކަމަށްވެސް މަލީހް ވަނީ ވިދާޅުވެފައެވެ.

ސަބަބަކީ އެއީ ކަނޑައެޅިގެން ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓާރ ހަލީލްގެ އެދުމުގެ މަތިން ލިޔެފައިވާ ހަބަރަކަށްވާތީކަމަށެވެ.

މަލީހް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ ވައްކަންތައް ފޮރުވަން ރައީސް އޮފީސް ތެރެއިން އިރުޝާދު ލިބިގެން ހިންގާ ޑައިވާޝަން ޓެކްނިކެއް ކަމަށާއި ރައީސް ޔާމީން ގެއްލިއްޖެ ނަމަ ފުލުހުންނަށް ރިޕޯޓް ކުރުމަށް ވެސް މަލީހް ވަނީ ގޮވާލައްވާފައެވެ.

މިފަދަ ކަންކަމަކީ ދެރަވަރު ކަންކަން ކަމަށް ވެސް މަލީހް ވަނީ ސިފަކުރައްވާފައެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved