ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މަގު ތަކުގައި ފެން ބޮޑުވެ ގެތަކަށް ފެން ވަނުމުގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.
މިގޮތުން މާލެއަށް އިއްޔެ އިން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ދިވެހި ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ސިފައިން ހަރަކާތްތެރިވެފައިވެއެވެ.
ބާރު ގުގުރިއާއި އެކު ހޮނު އަޅާ މާލޭގެ ބައެއް ސަރަހައްދުތަކުން ރޭ ވަނީ ކަރަންޓްގެ ޚިދުމަތްވެސް ކެނޑިފައެވެ.
ވިއްސާރަ މޫސުމެއް ބޯމަތިވެފައިވާ އިރު، މޫސުމަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.