April 3, 2026
Advertisement
15 މީހުންގެ ވަފުދަކާއިއެކު ރައީސްގެ ދެކަނބަލުން ކުރެއްވި އުމްރާ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖެއްސެވީ ދަޢުލަތުގެ ބަޖެޓުން
15 މީހުންގެ ވަފުދަކާއިއެކު ރައީސްގެ ދެކަނބަލުން ކުރެއްވި އުމްރާ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖެއްސެވީ ދަޢުލަތުގެ ބަޖެޓުން / ސޯޝަލް މީޑިއާ

15 މީހުންގެ ވަފުދަކާއިއެކު ރައީސްގެ ދެކަނބަލުން ކުރެއްވި އުމްރާ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖެއްސެވީ ދަޢުލަތުގެ ބަޖެޓުން

Aminath Zara
އައިމިނަތު ޒާރާ
May 11, 2024, 05:17 PM
މާލެ ސިޓީ

ސައުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ޚާއްސަ ދަޢުވަތަކަށް ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވި ފަރާތްތަކުގެ ހުރުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސާފައިވަނީ ސަރުކާރުގެ ބަޖެޓުންކަމުގައި ހާމަވެއްޖެއެވެ.

Advertisement

15 ބޭފުޅުންގެ މި ދަތުރުގެ ޓިކެޓާއި، ހުރުމާއި ކެއުމުގެ ޚަރަދު ހަމަޖައްސަވާ އަދި މި ބޭފުޅުންތައް ދަތުރުކުރެއްވީ ފަސްޓް ކްލާހުގައި ކަމަށްވެއެވެ.

ވޯލްޑް ބޭންކުން ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ނުކޮށްފިނަމަ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލައްވަން ޖެހިދާނެ ކަމަށް ހާމަކުރައްވައިފީ ނަމަވެސް، ދަޢުލަތުގެ މާލިއްޔަތުން ބޮޑު ޚަރަދުތައް މިފަދަ ނުރަސްމީ ދަތުރުފުޅުތަކަށް ދަނީ ކުރަމުންނެވެ.

ފަސްޓުކުލާހުގައި އެމަނިކުފާނާއި ނައިބު ރައީސް ދަތުރު ނުކުރައްވާނެކަމަށް ހުވާ ކުރެއްވުމަށްފަހު ވިދާޅުވެފައިވިނަމަވެސް, ނާއިބު ރައީސްވެސް ރާއްޖެއިން ބޭރަށް ކުރައްވާ ހުރިހާ ދަތުރެއްވެސް ކުރައްވަމުން ގެންދަވަނީ ފަސްޓު ކުލާހުގައެވެ..

ބަޖެޓުގައި ފައިސާ ނެތްކަމަށް ވިދާޅުވެ, ސިވިލް ސާވިސް މުވައްޒަފުންނަށް ޕްރޮމޯޝަން ނުދިނުމަށާއި, މުސާރަވެއް ބޮޑު ނުކުރުމަށް އޮފީސްތަކަށް އެންގުމަށްފަހު މުއިއްޒު ގެންދަވަނީ ގައުމުން ބޭރަށް ދަތުރު ކުރެއްވުމަށް ދައުލަތުގެ މާލިއްޔަތުން ބޮޑެތި ޚަރަދުތައް ކުރައްވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved