March 12, 2026
Advertisement
ކްލާސްރޫމްތަކުގައި ފަންކާ ހަރުކުރުމަށް ބެލެނިވެރިންނަށް އެންގުމުން، ހުރިހާ ސްކޫލްތަކެއްގެ ކްލާސްރޫމް އޭސީ ކުރަން ނިންމައިފި
ކްލާސްރޫމްތަކުގައި ފަންކާ ހަރުކުރުމަށް ބެލެނިވެރިންނަށް އެންގުމުން، ހުރިހާ ސްކޫލްތަކެއްގެ ކްލާސްރޫމް އޭސީ ކުރަން ނިންމައިފި / ސޯޝަލް މީޑިއާ

ކްލާސްރޫމްތަކުގައި ފަންކާ ހަރުކުރުމަށް ބެލެނިވެރިންނަށް އެންގުމުން، ހުރިހާ ސްކޫލްތަކެއްގެ ކްލާސްރޫމް އޭސީ ކުރަން ނިންމައިފި

Aminath Zara
އައިމިނަތު ޒާރާ
May 14, 2024, 12:18 AM
މާލެ ސިޓީ

ޖަމާލުއްދީން ސްކޫލުގެ ބެލެނިވެރިންނަށް އެ ސްކޫލުގެ ކްލާސްރޫމްތަކަށް ފަންކާ ހޯދުމަށް މެސެޖް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

Advertisement

އެ ސްކޫލުގެ ކްލާސް ގްރޫޕެއްގައި ޓީޗަރަކު ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ ކްލާސް ރޫމުތަށް ހޫނުވުމުގެ ސަބަބުން، ކޮންމެ ކްލާހަކަށް ސްޓޭންޑް ފަންކަލެއް ބޭނުންވާ ކަމަށެވެ. އަދި ބޭނުންވާ ވައްތަރުގެ ފަންކަލުގެ އަގާއި ސައިޒުގެ އިތުރުން ފޮޓޯއެއް ވެސް ގްރޫޕުގައި ވަނީ ހިއްސާކޮށްފަ އެވެ.

ކްލާސްރޫމްތައް އޭސީ ކުރުމަށާއި ބިލުދައްކަން އިތުރު ހަރަދުތަކެއް ދާނެ ކަމަށާއި ނަމަވެސް އެ މަސައްކަތް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން މަޖިލިސް އިންތިޚާބާއި ދިމާކޮށް އެކި ރަށް ރަށަށް ވަޑައިގެން ރައީސް ޑރ މުއިއްޒު ދެއްވި ނަމަވެސް މިކަމުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައިނުވެއެވެ.

ރައްޔިތުންގެ މަންފާ އަށް ކުރަންޖެހޭ ކަންތައްތަކުގައި ޚަރަދު ކުޑަ ކުރަންޖެހޭތީ ނުވަތަ ކުރީ ސަރުކާރުގެ ދަރަނި ބޮޑުކަމުން ބަޖެޓެއް ނެތި މަސައްކަތް ނުކުރެވުމުގެ އުޒުރު ރައީސް ދައްކަވަމުން ގެންދާއިރު، މިލިއަނުން ޚަރަދުކޮށް މާލޭގެ ރަސްމީ ފާލަން ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ބަދަލުކުރުމުގެ ޕްރޮޖެކްޓާއި މިފަދަ އަމިއްލަ މަންފާ ލިބިދޭ މަސައްކަތްތައް ދައުލަތުގެ ފައިސާ ދަނީ އޮއްސަމުންނެވެ.

މި މައްސަލަ ހޫނުވެ ގިނަ ފަރާތްތަކެއްގެ ނުރުހުން ސަރުކާރަށް އަމާޒުވާން ފެށުމުން ހުރިހާ ސްކޫލްތަކެއްގައި އޭސީ ކުރުމަށް މިއަދު ވަނީ ނިންމާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved