March 22, 2026
Advertisement
ޒަމީރު އާއި ޖައިޝަންކަރު
ޒަމީރު އާއި ޖައިޝަންކަރު / ސޯޝަލް މީޑިއާ

ދިވެހި ސަރުކާރުން އިންޑިޔާ އަށް ސަނާ ކިޔައިފި

Aishath Naja
އައިޝަތު ނަޖާ
May 14, 2024, 07:46 PM
މާލެ ސިޓީ

ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިގެން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ގަނެފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން އަހަރަކަށް ފަސްކޮށްދޭން އެ ގައުމުން ނިންމުމާއެކު ދިވެހި ސަރުކާރުން އެ ގައުމަށް ސަނާ ކިޔައފިއެވެ.

Advertisement

ފޮރިން މިނިސްޓާރ މޫސާ ޒަމީރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު އެސްބީއައި އިން ގަނެފައި ބާކީ ހުރި 150 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރަން އިންޑިޔާ ސަރުކާރުގައި އެދިފައެވެ.

އެހެންކަމުން އެ ގައުމުން ވަނީ މުއްދަތު އިތުރުކުރަން ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ ސަރުކާރުން މީގެ ތެރެއިން 50 މިލިއަން ޑޮލަރު ދެއްކުން އަހަރަކަށް ފަސްކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އަދި މިއީ މިނިސްޓާރ ޒަމީރު މިފަހުން އިންޑިއާ ކުރެއްވި ދަތުރުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރަށް ދަންނަަވައިގެން އިންޑިއާ ސަރުކާރުން ފަހިކޮށްދިން ކަމެއް ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އިންޑިއާ ސަރުކާރުގެ މި ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރަމުން، ފޮރިން މިނިސްޓާރ ޒަމީރު ވަނީ އެކްސްގައި ޕޯސްޓް ކޮށް އެ ގައުމަށް ސަނާކިޔާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved