މިނިސްޓަރު ފައިސަލް އަދި ނޫރައިން / ތޭރަ އޮންލައިން
ހަބަރު
އެމްއެމްޕީއާރުސީން ބައިވެރިވާ ބޭރުގެ ހަރަކާތްތަކުގައި ނޫރުއައިން ބައިވެރިނުކުރުމަށް ފައިސަލު އަންގަވައިފި
Moosa Shizmee
މޫސާ ޝިޒްމީ
17 މޭ 2024
މާލެ ސިޓީ

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ނޫރުއައިން މުހައްމަދު އަލީ ޖަނާހު އެ ކުންފުނިން ރާއްޖެ ޕްރޮމޯޓުކުރުމަށް ބޭރުގައި ބާއްވާ ހަރަކާތްތަކަށް ނުގެންދިއުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލު އަންގަވައިފިއެވެ.

ފައިސަލު މިފަދައިން އެންގެވި ސަބަބެއްކަމަށް ތޭރަ އޮންލައިންއަށް އިތުބާރުކުރެވޭ އެއް މަސްދަރަށްވުރެ ގިނަ މަސްދަރުން ކަށަވަރުވީ ނޫރުއައިން ދުބާއީގައި އޮތް ފެއާއެއްގައި މީޑިއާއަށް ދެއްވި ބަސްދީގަތުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެ އޭނާގެ ގާބިލުކަމާއި ހުނަރުވެރިކަން ފައިސަލުގެ ނުކުޅެދުންތެރިކަމާއި ނާގާބިލުކަމާ އަޅާކިޔައި ގިނަ ބަޔަކު ފާޑުކިޔުމުންނެވެ.

ނޫރުއައިނަކީ ނިއުޒިލޭންޑުން މަތީ ތައުލީމު ހާސިލުކޮށް އެޤައުމުގެ ޖަމްއިއްޔާ ޖަމާއަތްތަކުގައި މަސައްކަތްކޮށް ދުނިޔޭގެ އެން ވަރުގަދަ ހަތަރު އެކައުންޓިން ކުންފުނިން އެއް ކުންފުނީގެ މަތީ ފަންތީގެ މަގާމެއް އަދާކޮށްފައިވާ ތައުލީމީ ޒުވާން ބޭފުޅެކެވެ. އިނގިރޭސިބަހުން އަދި ދިވެހި ބަހުންވެސް ފަށުއިކޮށް ވާހަކަދައްކަވަން އެނގިވަޑައިގަންނަވާ ބޭފުޅެކެވެ.

ނޫރުއައިން އާންމުންނަށް ކުރިން ނުފެނުނު ނަމަވެސް ދުބާއީގައި އޮތް ފެއާގައި މީޑިއާއަށް ދެއްވި ބަސްދީގަތުމާއެކު އޭނާގެ ގާބިލިކަމާއި ހުނަރުވެރިކަން ދިވެހިންނަށް ފެނުނެވެ. އަދި އޭނާއާ ބެހޭ މައުލޫމާތު ހޯދައި ގެނެސްދިނުމުގެ ޝައުގު ނޫސްވެރިންގެ ތެރޭގައި ބޮޑުވެ އެއް ނޫހަށްވުރެ ގިނަ ނޫހުން އޭނާއާ އިންޓަވިއުކުރިއެވެ.

އެ އިންޓަވިއުތަކުން އޭނާގެ ހަޔާތުގެ ބައެއް ކަންކަން ދިވެހިންނަށް އެނގި ނޫރުއައިން މޮޅީ ހަމައެކަނި އިނގިރޭސިން ވާހަކަދައްކަން ނޫންކަން އެނގުނެވެ. ނޫރުއައިންގެ އިންޓަވިއުތައް ޝާއިއުކުރަމުންދިޔައިރު، ފައިސަލު ދިޔައީ ޓީވީ ޓުއާއެއްގައި އެކި ޗެނަލްތަކަށް އަރުއްވައި އިންޓަވިއު ދެއްވަމުންނެވެ.

އެ އިންޓަވިއުތަކުންވެސް އޭނާއަކީ ފިކުރެއް ވިސްނުމެއް ނެތް، އެއްވެސް ވާހަކައެއްގައި އޮއްޓަރުހުރި އާރުލާ ވާހަކައެއް ދައްކަވަން އެނގިވަޑައިނުގަންނަވާ، ހަވާލުވެވަޑައިގެން ހުންނެވި ދާއިރާގެ ހަގީގަތްތައްވެސް ސާފުނުވާ ބޭފުޅެއްކަން އިތުރަށް ސާފުވަމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ޕީއާރު ކެމްޕެއިނުން ހާސިލުކުރަން އުޅުއްވި ކަންތައް ފައިސަލަށް ހާސިލުނުވިއެވެ.

މިހުރިހާ ކަމެއްގެ އުދާސް ބޮޑުވެ ފައިސަލުވަނީ އެމްއެމްޕީއާރުސީގެ ހަރަކާތްތަކުގައި ނޫރުއައިން ބައިވެރިނުކުރުމަށާއި، މީޑިއާގެ ކުރިމައްޗަށް ނުކުމެވަޑައިގެން އިންޓަވިއުތައް ދެއްވުމުގެ ފުރުސަތު އޭނާއަށް ނުދިނުމަށް އަންގަވާފައެވެ. ފައިސަލުގެ މި އެންގެވުމާއެކު އެ ކުންފުނީގެ އެމްޑީ ފާތިމަތު ތައުފީގު (ކުޑީ)ވެސް އެކަން ތަންފީޒުކުރަން އަންނަނީ ބާރުއަޅަމުންނެވެ.

ގާބިލުކަން ކުޑަވުމުގެ ސަބަބުންނާއި، މައުލޫމާތުގެ ފަގީރުކަމާއި، ދާއިރާގެ ތަބީއަތް ނޭނގުމުގެ ސަބަބުން އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ސަރުކާރުގެ ދެ އޮފިޝަލުންނަކީ ޓޫރިޒަމް މިނިސްޓަރާއި އެމްއެމްޕީއާރުސީގެ އެމްޑީ ކުޑީއެވެ. އެހެންކަމުން އެމީހުންނަށްވުރެ ގާބިލު އިތުރު މީހަކު އެމީހުންގެ ދާއިރާއިން ސަރުކާރުގެ ތެރެއިން ފެނުމަކީ އެމީހުންނަށް ތަހައްމަލުކުރެވޭނެ ކަމެއް ނޫންކަމަށް އެމީހުންނާ ގާތް ގުޅުން އޮންނަ ބައެއް މީހުން ތޭރަ އޮންލައިނަށް ކިޔައިދީފައިވެއެވެ.

ފައިސަލު ވަޒީފާއިން ވަކިކުރައްވަން ރައީސް ވިސްނަވާކަމުގެ ވާހަކަތައް މީސްމީޑިއާގައި ފެތުރުނުފަހުން އޭނާ އުޅުއްވަނީ އެކަމާ ވަރަށް ބޮޑަށް ބިރުންނެވެ. ވަޒީފާ ގެއްލިދާނެތީ މިނިސްޓްރީގައި އުޅޭ އޭނާއަށް ވާގިވެރިވާ ދެތިން އަންހެންކުދިން ލައްވައި ބޮޑު ޕީއާރު ކެމްޕެއިނެއް އެކުލަވައިލައިގެން ފައިސަލް އަންނަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައް
އާދަމް
18 މޭ 2024, 05:41
ޓްއަރިޒަމް މިނިސްޓަރަކަށް ހުންނަ ބޭފުޅަކީ، ރާއްޖޭގެ ޓްއަރިޒަމް ތަޢާރަފް ކުރުމަށްޓަކައި ބޭރުގެ ގައުމުތަކުގައި ތަގުރީރު ކުރަންޖެހޭ ، މުޢާމަލާތު ކުރަންޖެހޭ ބައެނަލް އަގުވާމީ، ފެންވަރުގެ އެދާއިރާއިން މަތީ ތަޢުލީމް ޙާސިލުކ7
އާދަމް
18 މޭ 2024, 05:56
އެގޮތުން ފައިސަލަކީ، އެކަމަށް އެކަށީގެންވާ ޢިލްމާއި، ތަޖުރިބާހުރި ޚާއްސަކޮށް އިނގިރޭސިބަހަށް ފަރިތަ މީހަކަށް ވާންޖެހޭ. ނަމަވެސް، ފައިސަލަކީ ،ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާނެއް، އިނގިރޭސިބަހަށް ނުފަރިތަ ބޭފުޅެއް. އެގޮތުން ނޫރައިންއަކީ، ޢިލްމާއި، ތަޖުރިބާއާއި ލިބިގެންވާ އިނގިރޭސިބަހަށް ނުހަނުފަރިތަ ރާއްޖެ ފަޚުރުވެރިވާ ފަދަ ޓުއަރިޒަމްގެ މިނިސްޓަރަކަށް އެންމެ އެކަށީގެންވާ ބޭފުޅާ. ވީމާ،ރައީސް ޑރ. މުޢިއްޒު ވިދާޅުވިފަދައިން އެމަނިކުފާނުގެ ކެބިނެޓުގައި ތިބޭނީ، ޢިލްމާއި،ތަޖުރިބާޖުރި ކަމަށް ގާބިލު ބޭފުޅުން ކަމުގައި ވިދާޅުވިގޮތަށް ބަހާއި، ޢަމަލާ އެއްގޮތްކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓަރަކަށް ނޫރައިން ހަމަޖެއްސުން އަވަސްކުރުމަށް ރައީސް ޑރ މުޢިއްޒުއަށް ދަންނަވަން.
Gedhorey
18 މޭ 2024, 09:32
Rates Dr.muizzu! Heyonuvaane thi naagaabil vaigandu beyrukoh saafu kollan ulhey. Kon adhurey eh. Manikifaanan engivadaiganna vaane adhurey akee ithubaaru kuravvan heyovaa varuge beyfulheh noon kan. Faisa and adhurey adhu kudee ves hama ge ah
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved