ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ނެރުނު ރީނދޫ ސަމާލު 3 ވަނަ ފަހަރަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިތުރުކޮށްފިއެވެ.
އެ އިދާރާއިން ބ. އަތޮޅުން އައްޑު އަތޮޅަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 10:00އިން ފެށިގެން 14:00އާ ހަމައަށް ނެރުނު ރީނދޫ ސަމާލު އިތުރުކޮށްފައިވަނީ، މިއަދު 17:30 އަށެވެ.
އެ ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 28 މާލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. މިއީ އާންމުކޮށް ވައި ޖެހޭ ވަރަށް ވުރެ ބާރު މިންވަރެކެވެ. އެ ސަމާލުގައި ބުނެފައި ވަނީ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ދުވަސްވަރު ކުރާ ވިއްސާރައާ ގުޅިގެން ކަނޑުތައް ގަދަވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން މިދުވަސްވަރު ދިމާވެފައި މިވަނީ މިފަހަރުގެ ސްކޫލު ބަންދު ދުވަސްވަރާ ކަމަށްވުމުން ގިނަ ބަޔަކު ދަތުރު ކުރާނެތީ، މެޓުން ނެރޭ އެލާޓުތަކަށް ސަމާލު ވުމަށް ވެސް ވަނީ އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.