ރާއްޖޭގެ ދެކުނަށް މޫސުން ވަރަށް ގޯސްވެ ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އޮރެންޖު އެލާޓް ނެރެފިއެވެ.
ފުވައްމުލަކު ސިޓީއިން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް އޮރެންޖު އެލާރޓު ނެރެފައިވަނީ މިއަދުގެ 15:00 އިން ފެށިގެން އިރުއޮއްސި 19:00 އާ ހަމައަށް ކަމަށެވެ.
އެ އިދާރާއިން ބުނީ އެ ސަރަހައްދަށް ގަޑިޔަކު 34 މޭލާއި 40 މޭލާއި ދެމެދު ބާރުމިނެއްގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިޔަކު 60 މޭލަށް ވައި ގަދަވާނެ ކަމަށާއި ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ.
އޮރެންޖު ސަމާލަކީ މޫސުމީ ސަމާލުތަކުގެ ތެރެއިން ތިންވަނަ ދަރަޖައިގެ ސަމާލެވެ. އޮރެންޖު ސަމާލު އެންމެ ފަހުން ނެރެފައި ވަނީ، މީގެ ހަތަރު ދުވަސް ކުރިން މި މަހުގެ 13 ވަނަ ދުވަހުގައެވެ.
މޫސުން ގޯސްވެ މީގެ ކުރިން މެޓުން ވަނީ ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.
މި ދުވަސްވަރު ކުރާ ވިއްސާރައާ ގުޅިގެން ކަނޑުތައް ގަދަވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން މިދުވަސްވަރު ދިމާވެފައި މިވަނީ މިފަހަރުގެ ސްކޫލު ބަންދު ދުވަސްވަރާ ކަމަށްވުމުން ގިނަ ބަޔަކު ދަތުރު ކުރާނެތީ، މެޓުން ނެރޭ އެލާޓުތަކަށް ސަމާލު ވުމަށް ވެސް ވަނީ އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.