ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން އިއްޔެ ހެނދުނު ގެއްލުނު ބިދޭސީ މީހާ ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެ ބިދޭސީ މީހާ ވަނީ ގެއްލުނު ކަޔަކް ބޯޓުގައި ގއ. އަތޮޅު ރިސޯޓަކަށް މިއަދުވަނީ ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ. އެހެންނަމެވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އިއްޔެ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި އެމްއެންޑީއެފުން ބުނީ، އެ މީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހަށް ލިބިފައި ވަނީ އިއްޔެ 15:30 ހާއިރު ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިއްޔެ ފުލުހުން ބުނެފައި ވެއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ވަނީ ބިދޭސީ މީހާ މޫދަށް ފޭބި ކަޔަކް ބޯޓު ހިއްސާކޮށްފައެވެ.