March 12, 2026
Advertisement
ވިލިމާލޭގައި ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފަށަން ބޭއްވި ރަސްމިއްޔާތު
ވިލިމާލޭގައި ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފަށަން ބޭއްވި ރަސްމިއްޔާތު / މިހާރު

ވިލިމާލެ ބަގީތަކުގެ ޚިދުމަތްނުދޭތާ ދެމަސް

Aminath Zara
އައިމިނަތު ޒާރާ
May 22, 2024, 06:01 PM
ވިލި މާލެ

ވިލިމާލޭގައި ޚިދުމަތްދެމުން ގެންދިޔަ ބަގީގެ ޚިދުމަތްތައް ހުއްޓިފައިވާ އޮންނަތާ ދެމަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

Advertisement

ވިލިމާލޭގައި ދުއްވުމަށް ގެނެސްފައިވާ 10 ބަގީ ހަލާކުވުމާއި ގުޅިގެން، މާލެ ސިޓީ ކައުންސިލުން ވަނީ އާ ބަގީތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް މީގެ ކުރިން ހާމަކޮށްފައެވެ. ބަގީގެ ޚިދުމަތްތައް ހުއްޓިފައި އޮންނަތާ ދެމަސް ވީ އިރުވެސް، ސިޓީ ކައުންސިލުން އަދިވެސް ބުނަނީ އާ ބަގީތަކަކާއި އެކު ޚިދުމަތްތައް ވަރަށް އަވަހަށް ފަށާނެ ކަމުގައެވެ.

ޑރ މުއިއްޒު މާލެ ސިޓީ މޭޔަރު ކަމުގައި ހުންނެވިއިރު، ގެނައި މި 10 ބަގީ އަށް 2.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މައުލޫމާތު ހޯދިފައިވެއެވެ. އަދި އެއީ ކޮން ގައުމަކުން އެތެރެކުރި ބަގީތަކެއް އިގެން ނެތް ކަމަށް ކައުންސިލުން ބުނެފައިވާއިރު، މި ބަގީތަކުގެ ޚިދުމަތް ދިނުމަށް މަހެއްގެ މައްޗަށް 390،000 ( ތިންލައްކަ ނުވަދިހަ ހާސް) ދިވެހި ރުފިޔާ ޚަރަދުވާކަމަށް ވެއެވެ.

ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށީ މާޗު 16، 2023 ގަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved