ނޫރައިން / އެޑިޝަން.އެމްވީ
ސިޔާސީ
އެމްއެމްޕީއާރްސީގެ ސްޓާފުން ބޮޑު ނުރައްކަލެއްގައި، ޖިންސީ ފުރައްސާރައިގެ މައްސަލަ އޮއްބާލުމުގައި މެނޭޖްމަންޓް އުޅުނު!
Aishath Naja
އައިޝަތު ނަޖާ
22 މޭ 2024
މާލެ ސިޓީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޑީއެމްޑީ ބައްސާމް އާދަމް،ހިންގި ޖިންސީ ފުރައްސާރައިގެ މައްސަލާގައި ފުރިހަމަ ތަހުގީގެއް ހިންގާފައި ނުވާކަމަށާއި އޭގެ ސަބަބުން ކުންފުނީގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމަށް އަސަރުކޮށްފައިވާ ކަމަށް ކުންފުނީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާދެއްވި އައިޝާ ނޫރައިން ޖަނާހު ހާމަކޮށްފިއެވެ.

މިފަދައިން ނޫރައިން ވިދާޅުވެފައިވަނީ އިސްތިއުފާގެ ސިޓީއާއެކު ޗެއާޕާސަންގެ ދައުރުގައި ފާހަގަކުރެވުނު ކޯޕަރޭޓް ގަވަނެންސާ ހިލާފު ކަންކަމާއި ގުޅޭ ރިޕޯޓެއް އިނގިރޭސި ބަހުން ހުށަހެޅުމަށްފަހުގައެވެ.

އެގޮތުން ނޫރައިން ވިދާޅުވީ އޭޕްރީލް 1 ގައި، އެމްއެމްޕީއާރްްސީ އިން ބަލަން ފެށި ޖިންސީ ފުރައްސާރައިގެ ތަހުގީގު ކުރިއަށްދިޔަ އިރު، ޖިންސީ ފުރައްސާރައިގެ ތަހުގީގުތައް ހިންގުމުގައި އަމަލުކުރަން އޮންނަ ޕްރޮފެޝަނަލް މިންގަނޑުތަކަށް އެމްއެމްޕީއާރުސީގެ މެނޭޖްމަންޓުން އަމަލުކޮށްފައިނުވާކަމަށެވެ.

އަދި އެ ތަހުގީގު ހިންގާފައިވަނީ ގޯސްކޮށް ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޑިރެކްޓަރުންގެ ބޯޑުގެ ލަފަޔާއި ގާނޫނީ ލަފާ ވެސް މެނޭޖުމަންޓުން ބަލައިގަނެފައި ނުވާކަމަށާއި މިއަދާ ހަމައަށް ވެސް ޖިންސީ ފުރައްސާރައިގެ ތަހުގީގުގެ މަރުހަލާތަކާއި ތަހުގީގު ރިޕޯޓު ބޯޑް އޮފް ޑިރެކްޓަރުންނާ ހިއްސާކުރަން މެނޭޖުމަންޓުން ވަނީ ދެކޮޅު ހަދާފައި ކަމަށް ވެސް ނޫރައިން ވަނީ ވިދާޅުވެފައެވެ.

ނޫރައިންގެ ވާހަކަތަކުން ދޭހަވެގެންދަނީ އެ ކުންފުނީގެ އެމްޑީކަމުގައި އޭރު ހުންނެވި ފާތިމަތު ތައުފީގް ބައްސާމް ސަލާމަތް ކުރުމުގައި އެ މައްސަލަ ނުބަލައި ދޫކޮށްލިކަމެވެ.

ނޫރައިންގެ އިސްތިއުފާގެ ޚަބަރު ޕީސީބީން އާންމު ކުރުމާއެކު ދެން އިވިގެންދިޔައީ އެ ކުންފުނީގެ އެމްޑީ ކަމުގައި ހުންނެވި ފާތިމަތު ތައުފީގް ( ކުޑީ) އެ މަގާމުން ވަކި ކުރި ކަމުގެ ޚަބަރެވެ. ކުޑީ މަގާމުން ވަކި ކުރި ސަބަބު އަދި ސާފުވެފައި ނުވީ ނަމަވެސް މައުލޫމާތު ލިބުނު ގޮތުގައި ކުޑީ އެ މަގާމުން ވަކިކޮށްފައިވަނީ އޭނާގެ މައްޗައް ހިޔާނާތުގެ ބޮޑު ތުހުމަތެއް ކުރެވިގެންކަމަށެވެ.

ކޮމެންޓު
ކޮމެންޓްތައް
Jaabe
24 މޭ 2024, 15:43
SoEs are not a crime investigation authority. If you suspect criminal activity, you should notify the Maldives Police Service, as it is their responsibility to conduct investigations. Ensuring workplace safety and addressing security concerns are the responsibilities of top management. They should provide and assess proper guidelines and procedures. However, I have observed that the top leadership appears more focused on self-promotion than on addressing these real issues.
އިސްމެހެލާ
26 މޭ 2024, 13:08
ކަމަނާގެ ނިންމުމަށް މަރުހަބާ ކިޔާލަން އަދި އޭގެ އިތުރުން ކަމަނާ ރާއްޖެއިން ބޭރުގައި ކިޔަވަން އުޅުއްވި އިރު ބައްޕާފުޅު އައްޑޫ ރައްޔިތުންނަށް ދީފައިވާ ގެއްލުމުގެ ކަންކަންވެސް ހޯދާ ދިރާސާކޮށްލުން ރަގަޅުކަމަށް ފެނޭ އަދި ބައްޕާފުޅުގެ މުޢާމަލާތްތައް ހިނގައި ދިޔަގޮތްތައްވެސް ދިރާސާކޮށްލުން ރަގަޅު ، އައްޑޫ ވިލިނގިލީގެ ޕްރޮޖެކްޓުގެ ވާހަކަ މިބުނީ ..
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved