March 13, 2026
Advertisement
ޕީއެންސީގެ ރައީސް އަބްދުއްރަހީމް
ޕީއެންސީގެ ރައީސް އަބްދުއްރަހީމް / ސޯޝަލް މީޑިއާ

ދަރިފުޅުގެ މަގާމު ގުރުބާންކޮށް އަދުރޭ މަޖިލިސް ރައީސް ކަމަށް!

Mariyam Isaadha
މަރިޔަމް އިސާދާ
May 23, 2024, 12:47 AM
މާލެ ސިޓީ

އަންނަ ހޯމަ ދުވަހު ހުވާކުރާ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށާ ނައިބު ރައީސްކަމުގެ އިތުރުން ޕީޖީ ލީޑަރާ ނައިބު ލިޑަރުންގެ ގޮތުގައި ބޭފުޅުން ކަނޑައަޅާ ނަންތައް އިއުލާންކޮށްފިއެވެ.

Advertisement

އެގޮތުން މަޖިލީހުގެ ރައީސް ކަމަށް އައްޔަން ކުރަން ހުށަހެޅި ނަމަކީ ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ނަމެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް، ރައީސް މުހައްމަދު މުއިއްޒާ އާއިލީ ގޮތުން ގުޅުން އޮންނަ ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ނާޒިމް އައްޔަންކުރުމަށް ވަނީ ހުށަހަޅާފައެވެ.

މި ގޮތަށް ހުށަހެޅުން ހުށަހެޅުއްވީ، ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް މުއިއްޒު އެ ދެ ބޭފުޅުންގެ ނަން ހުށަހެޅުއްވީ ބުދަ ދުވަހު މުލިއާގޭގައި ކެބިނެޓުގެ ވަޒީރުންނާއި ޕީއެންސީގެ އިންތިހާބީ މަޖިލިސް މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ތޭރަ އޮންލައިނަށް މައުލޫމާތު ދެއްވި ސަރުކާރުގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދި ވިދާޅުވެފައިވަނީ އަދުރޭއަށް މަޖިލިސް ރައީސްކަން ދެއްވަން ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވީ ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅުގެ ކުރިން އަދުރޭއާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. ޝަރުތަކީ ފައިސަލް ޓުއަރިޒަމް މިނިސްޓަރުކަމުން ރައީސް އޮފީހަށް ބަދަލުކުރުން ކަމަށްވެސް އެ އޮފިޝަލް ވަނީ ތޭރަ އޮންލައިނަށް މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ނިންމާފައި ވަނީ:

  • ޕީޖީ ލީޑަރު ކަމަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ފަލާހު ހަމަޖެއްސުމަށެވެ.

ހަމަ އެހެންމެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރުންގެ ގޮތުގައި ހަމަޖައްސާނެ މެމްބަރުންގެ ނަންތައްވެސްވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ،

  • ހުޅުދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)
  • ވިލިމާލެ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އިސްމާއިލް
  • މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް)
  • ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.

ކޮމެންޓު
ކޮމެންޓްތައު
މަރީ
May 23, 2024, 02:20 AM
އެކޮންމެ މީހަކީވެސް މުއިއްޒުގެ އާއިލީ މީހެއް. އާދަމުގެ ދަރިން، އިސާދާމެން މީހަކަށް ސަޕޯޓް ކުރިކުރީނުން ހުސް ވުން މިފެންނަނީ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved