March 12, 2026
Advertisement
ސަރުކާރުގެ މުއައްސަސާތައް ހިމެނޭ އިދާރާތަކުގެ ދިޔަދޯލިތައް މަގުމައްޗަށް، ޒިންމާވާނެ ފަރާތެއް ނެތް
ސަރުކާރުގެ މުއައްސަސާތައް ހިމެނޭ އިދާރާތަކުގެ ދިޔަދޯލިތައް މަގުމައްޗަށް، ޒިންމާވާނެ ފަރާތެއް ނެތް / ސޯޝަލް މީޑިއާ

ސަރުކާރުގެ މުއައްސަސާތައް ހިމެނޭ އިދާރާތަކުގެ ދިޔަދޮވިތައް މަގުމައްޗަށް، ޒިންމާވާނެ ފަރާތެއް ނެތް

Aminath Zara
އައިމިނަތު ޒާރާ
May 23, 2024, 03:47 AM
މާލެ ސިޓީ

މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުންނަ ސަރުކާރުގެ މުއައްސަސާތައް ހިމެނޭ އިމާރާތްތަކުން މަގުމައްޗަށް ވާގޮތަށް ދިޔަދޮވިތައް ބަހައްޓާފައި ހުރުމުގެ ސަބަބުން އާންމުން ދަނީ ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލަމުންނެވެ. ޚާއްސަކޮށް ވިއްސާރަ މޫސުމުގައި ވެހޭހާ ވާރޭ  މި ފެން ހޮޅިތަކުން މަގުމައްޗަށް ހުރުމުން މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެ ކައިރި ސިސާބުތަކުގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ވަރަށް ބޮޑަށް ހަޑިވާކަން ފާހަގަކުރެވެއެވެ.

Advertisement

މާލެ ތެރެ ސާފުތާހިރުކޮށް ބޭއްވުމަށް ސިޓީ ކައުންސިލުން އާންމުނަށް އިލްތިމާސްކުރަމުންދާއިރު، މިފަދަ މައްސަލަތައް ހައްލުކޮށްދޭނެ އިދާރާއެއް ނުވަތަ އިސްނަގާނެ ފަރާތެއް ނުވެ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ގޮއްސިއެވެ. ކެމެރާ ކުރިމަތީގައި މޮޅެތި ވާހަކަ ދައްކަމުން ކޮންމެ ވުޒާރާއެއްގެ އިސްވެރިން ދާއިރު އާންމުންނަށް އުނދަގޫ ވާގޮތަށް ހުންނަ މިފަދަ މައްސަލަތައް ހައްލުކުރުމަށް ޒިންމާވާނެ އެއްވެސް ފަރާތެއް ނެތެވެ.

ސަރުކާރުގެ އިދާރާތަކަކީ އެހެން ފަރާތްތަކަށް ނަމޫނާ އަކަށް ވާން ޖެހޭ ތަންތަން ކަމަށްވާއިރު، މިހާ ދޯދިޔާކޮށް ސަރުކާރުގެ އިދާރާތަކުގެ އިމާރާތްތައް ހުރުމުން  ޒިންމާދާރުކަމެއްނެތް ސަރުކާރެއް ސިފަވުން ނޫން ކަމެއް ނުވެއެވެ.

މާލެ ފަދަ ތޮތްޖެހިފައިވާ ސިޓީއެއްގައި، މޫސުން ގޯސްވާ ދުވަސްކޮޅެއްގައި މަގުމަތީގެ ހާލަތު މިފަދަ ގޮތަކަށް ހުރުމުން، ބަލިތައް ފެތުރުމާއި އެހެނިހެން ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved