March 29, 2026
Advertisement
މަޖިލިސް މެމްބަރު ބޮންޑެ
މަޖިލިސް މެމްބަރު ބޮންޑެ / މަޖިލިސް

ދަރަނި ލުއި ކުރުމަށް މި ސަރުކާރުން އިންޑިއާގެ ސަރުކާރާއި އެކީ ޑީލެއް ހެދިކަމަށް ބެލެވޭ: ބޮންޑޭ

Aishath Alaina
އައިޝަތު އަލައިނާ
May 26, 2024, 04:35 PM
މާލެ ސިޓީ

ދިވެހި ދައުލަތިގެ ދަރަންޏަށް ލުއިއެއް ހޯދުމުގެ ގޮތުން ރައިސް ޑރ. މުޙައްަމަދު މުއިއްޒުގެ ސަރުކާރުން ވަނީ އިންޑިއާއާ އެކު ޑީލެއް ހަދައިފި ކަމަށް ބެލެވޭކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

މެމްބަރު މިފަދައިން ވިދާޅުވެފައި ވަނީ ސަންގު ޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޕްރޮގްރާމްގައި ރާއްޖޭގެ އިގްތިސާދާއި މެދު ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ ފައިސާ ލިބެމުން އަންނަ ވާހަކަ އަޑުއެވެމުން އަންނަކަމަށެވެ. އަދި އަދި ލޯނުގެ ގޮތުގައި ރާއްޖެއަށް އެތައް ސަތޭކަ މިލިއަނެއް ލިބިފައިވާކަމަށާއި އެ ލޯނު އަނބުރާ ދައްކަމުންދާކަމަށްވެސް ސަރުކާރުން އަންނަނީ ބުނަމުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

އަދި މި ފައިސާއަކީވެސް މި ސަރުކާރުން އަނބުރާދައްކަން ޖެހޭ ފައިސާކަމަށް ބޮންޑޭ އަލި އަޅުވާލާފައިވާއިރު އިތުރަށް ބޮންޑޭ ވިދާޅުވީ، މި ސަރުކާރުން ވަނީ ރާއްޖެ އިގްތިސާދާއި މާލީ ކަންކަމުން ސަލާމަތްނުވުމުން ސިފައިން ބޭލުމުގެ މަގުސަދުގައި އެ ސިފައިންގެ ޔުނިފޯރމުތައް ބާލާފައި އެ އަސްކަރިއްޔާގެ ވަސީލަތްތައް ހުރިތާނގައި ހުރިކަމަށެވެ.

އެހެންނަމަވެސް އެއީ އަސްކަރިއްޔާގެ ސިފައިންކަން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިނގޭކަމަށްވެސް މެމްބަރު ވަނީ ފާހަގަކުރައްވާފައިއެވެ.

އިތުރަށް މެމްބަރު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން ކަމަށެވެ. އަދި މި ސަރުކާރުން ތިބޭނީ އިންޑިއާއާއި އެކުގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved