
މިއަހަރު ފުރަތަމަ 16 ދުވަހު ރާއްޖެއަށް 96،077 ފަތުރުވެރިން ޒިޔާރަތްކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 2023 ވަނަ އަހަރު މި މުއްދަތާ ހަމަޔަށް މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ %10.2 އިތުރުވެފައެވެ.
އެގޮތުން ބަލާއިރު:
މިއީ ދުވާލަކަށް އެވްރެޖުކޮށް 6,005 ފަތުރުވެރިންކަން ފާހަގަކޮށްލެވެއެވެ.
އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މި މަހުގެ 13ވަނަ ދުވަހުއެވެ.
އެ ދުވަހު ރާއްޖެއަށް 7،703 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓަށް ބަލާލާއިރު:
އެންމެ ގިނައިން މި މުއްދަތުގައި ރާއްޖެ އައީ ރަޝިޔާގެ ފަތުރުވެރިންނެވެ.
މިއަހަރު ކުރީކޮޅު ލިސްޓުގެ 3 ވަނައިގައި އިންޑިޔާ އޮވެފައި މިވަނީ ލަކްޝަދީޕްގެ މައްސަލައިގައި ދެގައުމުގެ ދެމެދު އޮންނަ ގުޅުން ހީނަރުވުުމުން ލިސްޓްގެ ހަތަރުވަނަޔަށް ވެއްޓިފައެވެ.
ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލުމަށްފަހުވެސް އިންޑިޔާއިން ފަތުރުވެރިން ރާއްޖެ އަންނަކަން ފާހަގަކުރެވެއެވެ.
މި އަހަރުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.










