March 10, 2026
Advertisement
މާލެ މަތިން ނަގައިފައިވާ ފޮޓޯއެއް
މާލެ މަތިން ނަގައިފައިވާ ފޮޓޯއެއް / ފޭސްބުކް

ޓެރަރިޒަމްގެ ހަމަލާއެއް ރާއްޖޭގައި ދީފާނެ ކަމަށްބުނެ އޮސްޓްރޭލިއާއިން ޓްރެވެލް އެޑްވައިޒަރީއެެއް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 7, 2025, 07:36 PM
މާލެ ސިޓީ

ޓެރަރިޒަމްގެ ހަމަލާއެއް ރާއްޖޭގައި ދީފާނެކަމަށްބުނެ އޮސްޓްރޭލިއާއިން ޓްރެވެލް އެޑްވައިޒަރީއެެއް ނެރެފި އެވެ.

Advertisement

މިދިޔަ ބުރާސްފަތި ދުވަހު އޮސްޓްރޭލިއާގެ ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ސްމާޓްރެވެލާ އިން މި އެޑްވައިޒަރީ ނެރެފައިވެއެވެ.

ރާއްޖޭގައި ހިނގަމުންދާ ދަނީ ހަމަނުޖެހުންތަކާއި ޓެރަރިޒަމްގެ ނުރައްކާ އޮތުމާއެކު، ދަތުރުކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް ވަނީ އަންގާފަ އެވެ. އަދި ހަމައެހެންމެ މުޒާހަރާތަކާއި ހަމަނުޖެހުންތައް ހިނގަފާނެ ކަމަށާއި، މިފަދަ ސަރަހައްދުތަކުން ދުރުހެލިވުމަށް އިރުޝާދު ދީފައިވެ އެވެ.

އެ އިންޒާރުގައި ޚާއްސަކޮށް މާލެ ސަރަހައްދުގައި ހިނގާ މުޒާހަރާތަކަށް ސަމާލުކަން ދިނުމަށް އަންގާފައިވެއެވެ. އަދި ހަމައެހެންމެ މި އިންޒާރަކީ ލެވެލް 2 ގެ ދަތުރުފަތުރުގެ އިންޒާރަކަށް ވީ ނަމަވެސް މިއީ ދަތުރު ނުކުރުމަށް އަންގާ އިންޒާރެއް ނޫނެވެ.

މި އިންޒާރާއިއެކު، ރާއްޖެ އަށް ދަތުރުކުރާ ދަތުރުވެރިން އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ރަސްމީ އިރުޝާދުތަކަށް ސަމާލުވުމަށް ސްމާޓްރެވެލާއިން އިލްތިމާސްކޮށްފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved